May 5, 2026
Advertisement
ނާއިފް ޝައުކަތު ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަނީ
ނާއިފް ޝައުކަތު ޕީއެންއެފްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް ޔާމީން ނޫނީ މިގައުމުދެކެ ލޯބިވާ ވެރިއަކު ނެތް: ނާއިފް

Fathmath Reem
ފާތުމަތު ރީމް
Jan 28, 2024, 01:03 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނޫނީ މި ގައުމުދެކެ ލޯބިވާ ވެރިއަކު ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝެނަލް ފްރޮންޓް ( ޕީއެންއެފް ) ގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރެއްވުމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ނާއިފް ޝައުކަތް ވިދާޅުވެއްޖެއެވެ.

Advertisement

ނާއިފް މިފަދައިން ވިދާލުވެފައި ވަނީ ޗެނަލް 13 އިން ގެނަސްދޭ ޕީއެންއެފްގެ އަދާހަމަ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ.

ނާއިފް ވިދާޅުވީ ރައީސް ޔާމީން އާ އެކު ކުރިއަށް ދާން ނީންމެވީ ރައީސް ޔާމީން ނޫނީ ގައުމު ދެކެ ލޯބިވާ ވެރިއަކު މި ދިވެހި ރާއްޖޭގަ ނެތުމުން ކަމަށެވެ.

މީގެ އިތުރުން ނާއިފް ވިދާޅުވީ ރައީސް ޔާމީން އެތައް ދުވަހެއް ޖަލުގައި ހޭދަ ކުރީވެސް ހަމަ މި ގައުމުގެ ހައްގުގައި ކަމަށެވެ.

ރައީސް ޔާމީންގެ ޕާޓީ ނުވަތަ ރައީސް ޔާމީން އާ އެކު ކުރިއަށް ދާން އަޅުގަނޑު ނިންމީ އެއީ ރައީސް ޔާމީން ނޫނީ ނެތް އިނގޭތޯ ގައުމުދެކެ ލޯބިވާ ވެރިއެއް. ގައުމުގެ ހައްގުގައި އެތައް ދުވަހެއް ޖަލުގައި ހުންނެވީ، އޭރުވެސް ހަމަ ބޭރަށް ވަޑައިގަންނަވަން ފުރުސަތުވެސް ލިބިގެން ދިޔަ. އެހެން ކުރީގަ މިތިބަ ބޮޑެތި ލީޑަރުންހެން ގައުމުން ބޭރަށް ގޮސް ގޮނޑި ދުއްވަން ދެވުނީސް. އެކަމަކު ގައުމުގެ ހައްގުގައި ތިމަންނައަކީ މައުސޫމް މީހެއްކަން ރައްޔިތުންނަށް ދައްކާފަ ގައުމަށްޓަކައި ޖަލުގައި މަޑު ކުރެއްވި ވަރުގެ ލީޑަރެއް ނެތް އިނގޭތޯ.

ނާއިފް ޝައުކަތް

ނާއިފް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ރައީސް ޔާމީން ފަދަ ސިޔާސީ ލީޑަރެއް ނެތް ކަމަށެވެ.

މި ސަރުކާރުން ރައީސް ޔާމީން ގެ އިސްތިއުނާފް މައްސަލައިގެ އަޑުއެހުން ލަސް ކުރަމުން އެ ގެންދަވަނީ ބިރުން ކަމަށްވެސް ނާއިފް ވަނީ ވިދާޅުވެފައެވެ. އެގޮތުން މި ސަރުކާރަކަށް ރައީސް ޔާމީން މިނިވަން ކުރައްވަން ކެރިވަޑައި ނުގަންނަވާ ކަމަށާ ސަބަބަކީ ރައީސް ޔާމީން ގެ ސިޔާސީ ވިސްނުންފުޅު ވަރުގަދަ ވުމުގެ ސަބަބުން ކަމަށް ވެސް ނާއިފް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ނާއިފް ވިދާޅުވީ އަބަދުވެސް ހުންނާނީ ރައީސް ޔާމީން ފަހަތުގައި ކަމަށާއި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved