ރައީސް ޔާމީން ޖަލްސަގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
އަޒާން އައްޑޫއަށް އިންޑިއާ ސަފީރުގެ އިސްތިގުބާލަށް ފޮނުވާ ސަރުކާރުން ވަނީ ކީހާ ޅެން ފަރިއްސަށް ބަދަލުކޮށްފައި: ރައީސް ޔާމީން
Mariyam Isaadha
މަރިޔަމް އިސާދާ
18 އޯގަސްޓު 2024
މާލެ ސިޓީ

އައްޑޫއަށް އިންޑިއާ ސަފީރުގެ އިސްތިގުބާލަށް މަޖިލިސް މެމްބަރު އަހުމަދުު އަޒާން ފޮނުވާ ސަރުކާރުން ވަނީ ކީހާ ޅެން ފަރިއްސަށް ބަދަލުކޮށްފައިކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ދަ ފްރޮންޓް އޮފީހުގައި އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވަނީ ސިޔާސީ މީހުން މަތިން ރައްޔިތުން ފޫހިވަނީ ފޫހިވާން ޖެހިގެން ކަމަށާ އޭގެ މައިގަނޑު ސަބަބކީ ބަހާ އަމަލާ ދިމާނުވުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާއިރު، މިހާރު ރައީސް މުއިއްޒުގެ ކިބައިން ވެސް ފެނިގެން ދަނީ އެކަން ކަން ފާހަގަކުރައްވާފައެވެ.

ވެރިކަމަށް އައުމަށް އެންމެ ބާރަށް ދެއްކެވީ އިންޑިއާ އައުޓުގެ ވާހަކަ. އެންމެންނަށްވެސް އެނގޭ ރާއްޖޭގެ އެންމެ ކުޑަ ކަންކަމުން ފެށިގެން އިގްތިސޯދީ ކަންކަމާ ހަމައަށް ވެސް 2018 އިން 2023އަށް އިންޑިއާގެ ނުފޫޒު ފޯރުވަމުން ދިޔަ. މިއަދު ފެންނަމުން ދަނީ އިންޑިއާ ގާތްކޮށްގެން އުޅޭ މަންޒަރު. އޭރު އެންމެ ގިނައިން އިންޑިއާގެ ވާހަކަ ލިޔުނީ އަޒާން. މިއަދު އަޒާން ފަކީރު ހުރީ އައްޑޫއަށް އިންޑިއާ ސަފީރުގެ އިސްތިގުބާލަށް ފޮނުވާފައި. ސަރުކާރުން މިގެންދަނީ ކީހާ ޅެން ފަރިއްސަށް ބަދަލުކުރަމުން.

- ރައީސް ޔާމީން

ރައީސް ޔާމީން ވިދާޅުވީ ނޫމަޑީގެ މައްސަަލައިގައިވެސް ފެނިގެން ދަނީ ރައީސް މުއިއްޒުގެ ބަހާ އަމަލާ ދިމާ ނުވާ މަންޒަރު ކަމަށާ ނޫމަޑީ މައްސަލަގައި ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ރައީސް ޔާމީން ވަނީ ނޫމަޑި މައްސަލައިގައި ރައްޔިތުންނަށް ރައީސް މުއިއްޒު ޖަވާބުދާރީ ވާން ޖެހޭ ކަމަށާ ރިއެކްޓުނުކޮށް ހުންނަވައިގެން ކަމަކު ނުދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved