March 27, 2026
Advertisement
މެންބަރު އައްބާސް
މެންބަރު އައްބާސް / ސޯޝަލް މީޑިއާ

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައި ހުރި ގޯތިތައް އަތުލަން މެމްބަރު އައްބާސް ގޮވާލައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Aug 19, 2024, 05:29 PM
މާލެ ސިޓީ

މިދިޔަ ސަރުކާރުން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރައްދުން ދޫކޮށްފައިވާ ގޯތިތައް އަތުލުމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ގޮވާލައްވައިފިއެވެ.

Advertisement

އައްބާސް މިފަދައިން ގޮވާލެއްވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމަންޓުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

އައްބާސް ވިދާޅުވެފައިވާ ގޮތުގައި ބިންވެރިޔާ" ސްކީމުގެ ދަށުން މާލެ ސަރައްދުން ގޯތި ދޫކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ބުނުމުގެ ބަދަލުގައި އެ ގޯތިތައް އަތުލަން ޖެހެއެވެ.

އެގޮތުން ފަޅުން ގޯތި ދޭ ގާނޫނެއް ނެތް ކަމަށާއި އެ ވާހަކަ ދެއްކުމުގެ ބަދަލުގައި ފަޅުން ދީފައިވާ ގޯތިތައް އަތުލަން ޖެހޭ ކަމަށް އައްބާސް ވިދާޅުވިއެވެ.

ގާނޫނާ ހިލާފަށް ދީފައިވާ ގޯތިތައް އަތުލައްވަން ވީ ނޫންތޯ. ކީއްކުރަންތޯ އެ ގޯތިތައް ދީފައި ހުރީ ރަނގަޅަށް ކަމަށް ހައްދަވައިގެން އެ ހުރިހާ ގޯތިތަކެއް ދޭން މިއުޅެނީ

އައްބާސް

ކޮންމެ ސަރުކާރެއް ވެރިކަމަށް އައުމަށް ފަހު އޭގެ ކުރީ ސަރުކާރުން ވައްކަން ކުރި ކަމަށް ބުނާ ކަމަށާއި އެ ކަން ކުރި ބަޔަކަށް އަދަބު ނުދެވޭ ކަމަށް ވިދާޅުވެ އައްބާސް މިއަދު މަޖިލީހުގައި ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އެފަދަ ޖަރީމާތައް ހިންގާފައިވާ މީހުންގެ މުދާ ވެސް ދައުލަތަށް ނެގުމަށް އައްބާސް ގޮވާލެއްވިއެވެ.

ގޯތިތައް އަތުލަން ސަރުކާރަށް ތާއީދުކުރާ އެމްޑީއޭގެ ނައިބު ރައީސްކަން ވެސް ކުރައްވާ އައްބާސް ގޮވާޅާފައިވާއިރު ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގެ ތެރޭގައި ވަނީ އެއްވެސް ގޯއްޗެއް އަދި ފްެލެޓެއްވެސް އަތު ނުލާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved