May 3, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސަން އޮންލައިން

މަލީހްގެ އެތައް ފާޑުކިޔުންތަކެއް ސަރުކާރަށް!

Aishath Naja
އައިޝަތު ނަޖާ
Jan 28, 2024, 05:10 PM
މާލެ ސިޓީ

ސަރުކާރުގެ އަމަލުތަށް ހުންނެވިގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ އެެއް ފަރާތްކަމަށްވާ މުހައްމަދު މަލީހް ޖަމާލް ފާޑު އަމާޒުކުރައްވައިފިއެވެ.

Advertisement

ފޭސްބުކްގައި މަލީހް ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް ޔާމީންގެ ފޮޓޯއެއް ހިއްސާ ކުރައްވާ އެމަނިކުފާނު މިނިވަން ކުރަން މި ސަރުކާރުން ވި ވައުދު ފުއްދާފައިނުވާކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެމަނިކުފާނުގެ އަތްޕުޅުން ފޭރިގަނެ، އެ ޕާޓީ މިހާރު ވަނީ ފައްތާލާފައިކަމަށް ވެސް މަލީހް ވަނީ ޕޯސްޓްގައި ފާހަގަކުރައްވާފައެވެ.

އޭގެއިތުރުންވެސް ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް އިދިކޮޅު ޕާޓީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވާނެ ކަމުގެ ބިރު ހީވެ އެމްޑީޕީ އަށް ނިސްބަތްވާ 13 މެމްބަރަކަށް ރިޝްވަތު ދިނުމަށްފަހު ގަނެފައިވާ ކަމުގެ ތުހުމަތުވެސް މަލީހް ވަނީ ކުރައްވާފައެވެ.

ރިޔާސީ އެއް ވައުދެއްގެ ގޮތުގައި ފާހަގަކުރެއްވި އިންޑިޔާގެ ސިފައިން ބާލަފައިނުވާކަމަށާއި ކުރީ ސަރުކާރުގެ ސިއްރު ސިޓީ އަކުން ވިއްކާލާފައިވާ ދެކުނުގެ ކަނޑު ވެސް އަނބުރާ ހޯދާފައިނުވާކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ތަސައްވަރެއްކަމަށްވާ ފުށިދިއްގަރުފަޅު ހިއްކަން ސަރުކާރުން ފަށާފައިވަނީ ބަޖަޓެއް ފާސްނުކޮށް އޮއްވާ ކަމަށާއި އެ ސަރަހައްދު ހިއްކުމަށްފަހު މާލެ އާއި ގުޅުވާލާނީ ކަނޑު އަޑީގެ ޓަނަލަކުންނޭ ރައީސް ވިދާޅުވުމުން މަލީހް ވަނީ އެ ވާހަކަ ހިޔާލީ ފޮލާއެއް ގޮތައް ސިފަކުރައްވާފައެވެ.

ސަރުކާރުގެ ކަންކަން މިހެން ހުރުމުން މަލީހްގެ އިތުރުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑު އަމާޒުކުރަމުންނެވެ.

ކޮމެންޓު
ކޮމެންޓްތައު
onnaashey
Jan 28, 2024, 10:17 PM
bala thinoonakas hulhu leyaa maaleyaa dhey therey buriju alhaa vaahaka dheh kumun bayey bey fulhun vidhaalhuvee keekeyba fayey nethey athey nethey loley nethey heeveyba thimaa meehaayah nukurevunakas kureveyvar meehaku huredhaane dho lalala
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved