March 10, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ހާމަކަން ބޮޑު ސަރުކާރެއްގެ ގޮތުގައި ދައުވާކުރާއިރު، ރައީސްގެ ފަރާތުން އެކި ގައުމުތަކަށް ފޮނުވާ ސިޓީތައް ސިއްރުކޮށްފި!

Aishath Naja
އައިޝަތު ނަޖާ
Aug 20, 2024, 02:54 AM
މާލެ ސިޓީ

ވަޒީރުން މެދުވެރިކޮށް އެކި ގައުމުތަކުގެ އިސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާ ސިޓީތަކުގެ ތަފުސީލު ރައީސް އޮފީހުން ސިއްރުކޮށްފި އެވެ.

Advertisement

ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް، ބަހުރެއިންގެ ރަސްގެފާނު އަދި ސައުދީ ވަލީ އަހުދަށް ފޮނުއްވާފައިވާ އެވެ. ސިޓީތަކުގައި ވަނީ ކޮން ވާހަކަތަކެއްތޯ އަދި ސިޓީތަކުގެ ތަފުސީލަށް އެދި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދާ "އަދަދު" ނޫހުން އެހުމުން ޖަވާބު ދެއްވާފައި ނުވެއެވެ.

އަދި މިކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް "ތޭރަ އޮންލައިން" އިން ވެސް ހީނާ އަށް ގުޅުމުން ފޯނަށް ޖަވާބު ދެެއްވާފައި ނުވެއެވެ.

ރައީސް މުއިއްޒުގެފަރާތުން ފޮނުވި ފުރަތަމަ ދެ ސިޓީ އެރުވީ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށެވެ.

ޖުލައި 22 ގައި އެ ސީޓީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ހަވާލުކުރެއްވީ އެ ގައުމަށް ވަޑައިގެންނެވި ދިވެހި ވަޒީރުންގެ ވަފުދަކުންނެވެ.

އެ ވަފުދުގައި ހިމެނެނީ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބުކަން ފާހަގަކޮށްލެވެއެވެ.

ޗައިނާއަށްފަހު ބަހުރެއިންގެ ރަސްގެފާނު ހަމަދު ބިން އިސާ އަލް-ހަލީފާއަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީ އެ ގައުމުގެ ސަރުކާރާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ހަވާލުކުރެއްވީ އޮގަސްޓު 12، ގަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved