April 19, 2026
Advertisement
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް
އެމްޑީޕީ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް / ސޯޝަލް މީޑިއާ

އާބަން ޑިވެލޮޕްމަންޓް ބިލުން ލާމަރުކަޒީ ނިޒާމު މަރާލާނެކަމަށް ފައްޔާޒް ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 22, 2024, 03:01 PM
މާލެ ސިޓީ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮލްމަންޓް ބިލަކީ ލާމަރުކަޒީ ނިޒާމު މަރާލާނެ ބިލެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

Advertisement

ފައްޔާޒް މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ފައްޔާޒު ވިދާޅުވީ ބިލް އޮތް ގޮތަށް ފާސްކޮށްފިނަމަ ކައުންސިލްތަކަށް މިދިޔަ ފަސް އަހަރު ދީފައިވާ ގިނަ ބާރުތަކެއް ގެއްލިގެން ދާނެ ކަމަށެވެ.

އަދި އިތުރަށް ފައްޔާޒް ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެސީ ދެމެހެއްޓުމުގައި ކައުންސިލަރުންގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

ކައުންސިލަރުންގެ ބާރު ކުޑަ ކުރުމަކީ މުޅި ޑިމޮކްރެޓިކް ނިޒާމަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ވެސް ފައްޔާޒް ވަނީ ސިފަކުރައްވާފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގެ މާއްދާއެއްގައި އާބަން ސެންޓަރުގެ ގޮތުގައި ކަނޑައެޅޭ ބައެއް ސަރަހައްދުތަކުގެ ކަންކަން ސަރުކާރަށް ނިންމޭ ގޮތަށް އޮތުމުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved