May 2, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ރައީސް މުއިއްޒުގެ ސީވީގައި ހުރީ ބޮޑެތި ތުހުމަތުތަކެއް: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Aug 24, 2024, 04:24 PM
މާލެ ސިޓީ

އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސީވީގައި ހުރީ ބޮޑެތި ތުހުމަތުތަކެއް ކަމަށް ރައީސް ޔާމީންގެ އިސްގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެގޮތުން އެމަނިކުފާނު ވަނީ ރައީސް މުއިއްޒު އެމްއެމްޕީއާރްސީ ފައިސާއިން 14 މިލިއަން ރުފިޔާ ނެގިކަން ހާމަވެއްޖެ ކަމަށް ބުނެ "ތޭރަ އޮންލައިން" އިން ޝާއިއުކޮށްފައިވާ ހަބަރު ހިއްސާކޮށް ރައީސް މުއިއްޒުގެ ސީވީގައި ހިމެނޭނީ ބޮޑެތި ތުހުމަތުތަކެެއް ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ދިމްޔާތު އިމާރާތް ކުރަން ފައިސާ ހޯދިގޮތާއި ރައީސް މުއިއްޒުގެ ދޮންމަންމަގެ ޙައްގު އަތުލިގޮތަކީ ވެސް އެ ސީވީގައި ހިމަނަންޖެހޭ ތުހުމަތުތަކެެއް ކަމަށް ޑރ ޖަމީލް ވަނީ ވިދާޅުވެފަ އެވެ.

އޭގެއިތުރުން ނޫމަޑީގެ ޚިޔާނާތާއި ހުޅުމާލެ ރޯހައުސް އާއި މަގާމުތަކުގައި ހިންގާފައި ހުރި ޚިޔާނާތްތަކާއި މިއަދުގެ ވައްކަންތައް ވެސް ހިމެނޭނެ ކަމަށް ޑރ ޖަމީލް ޕޯސްޓްގައި ފާހަގަކުރެއްވި އެވެ.

އަދި މިކަންކަމަށް ތުހުމަތު ކުރެވޭއިރު މިކަންކަމުގައި ޖަވާބުދާރީވާނެ ވަގުތު ރައްޔިތުން ގެންނާނެ ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒަށް ފާޑުވިދާޅުވެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved