March 10, 2026
Advertisement
އިބްރާހިމް އަމީރު
އިބްރާހިމް އަމީރު / އަދަދު

ލިބޭނެ ކަމަށް ބެލެވޭ 16 ބިލިޔަނަށް ބަރޯސާކުރީމާ ވާނީ ފެއިލްކަމަށް އަމީރު ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Aug 25, 2024, 07:46 PM
މާލެ ސިޓީ

ރާއްޖެ އިގްތިޞާދީ ގޮތުން މިހާ ބޮޑު އަނދަވަޅަކަށް މި ވެއްޓުނީ ލިބޭނެ ކަމަށް ލަފާ ކުރާ ފައިސާއަށް ބަރޯސާކޮށްގެން ކަންތައްތައް ކުރަން އުޅުމުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

Advertisement

އަމީރު މިފަދައިން ވިދާޅުވީ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން އަމީރު ވިދާޅުވީ ހަރަދު ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް ސަރުކާރުން ނާޅާ ކަމަށާއި ބައިނަލްއަގުވާމީ މުޖުތަމައުން އެކަންކަން ބަލާނެ ކަމަށެވެ.އަދި އެކަން އެހެން އޮއްވައި ރާއްޖެއަށް މާލީ އެހީތެރިކަން ދޭނީ ކޮން ބައެއްތޯ ވެސް އަހާ އަމީރު ވަނީ ސުވާލު އުފައްދަވާފަ އެވެ.

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި ކަންތަައްތައް ދަނީ ރަނގަޅަށް ނޫން ކަން ސަރުކާރަށް މިހާރު ރޭކާލާން ފަށައިފިކަމަށެވެ.

އަމީރު ވަނީ ސަރުކާރުން ބީއެމްއެލްއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށް ވެސް ތުހުމަތު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ފިޗާއި މޫޑީސް ފަދަ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން އެފަދަ ކަންކަމަށް ބެލުމަށްފަހު ރާއްޖޭގެ ކްރެޑިޓް ރޭންކިން ކުރިއަށް އޮތް ތަނުގައި ދަށް ކުރުން ގާތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved