March 10, 2026
Advertisement
އިބްރާހިމް އަމީރު
އިބްރާހިމް އަމީރު / އަދަދު

ހަރަދު ކުޑަނުކޮށް ޓެކްސް ބޮޑުކުރުމުގެ މާނައެއް ނެތްކަމަށް އަމީރު ވިދާޅުވެއްޖެ

Aishath Naja
އައިޝަތު ނަޖާ
Oct 16, 2024, 01:00 AM
މާލެ ސިޓީ

ސިޔާސީ މުވައްޒަފުންނަށް ކުރާ ހަރަދުތައް ކުޑަ ނުކޮށް ޓެކްސްތައް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރުމުގެ އެއްވެސް މާނައެއް ނެތް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

Advertisement

"އަދަދު" ނޫހަށް ދެއްވި އިންޓަވިޔުއެއްގައި އަމީރު ވިދާޅުވީ ޓެކްސް ބޮޑު ކުރަން ވާނީ ހަރަދު ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފަހުގައި ކަމަށެވެ. އެހެންނަމެސް މިއަދާ ހަމައަށް ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ބޮޑު ބައި އޮތީ ކަރުދާހުގައި ކަމަށް އަމީރު ވިދާޅުވިއެވެ.

މެދު ރާސްތާގެ އާމްދަނީގެ އިސްތިރާޖުގައި ނުހިމެނޭ ކަންތައްތަކެއް ކުރަން ހުށަހަޅާފައިވާތީ އަމީރު ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ. މިއީ ގާނޫނެއްގެ ދަށުން ގާނޫނީ ބާރުވެރިކަން ލިބިފައިވާ ލިޔުމަކަށްވީއިރު އެއާ ހިލާފަށް ކަންކަން ނުކުރެވޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރުކުރާ ގޮތަށް އަނެއްކާ ވެސް ޓެކްސްތައް ބޮޑުކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އަމީރު ފާހަގަކުރެއްވި އެވެ. އަދި ކުރިން ޓެކްސްތައް ބޮޑުކުރީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާއެކީ، ރިކަރަންޓު ހަރަދުތައް ފޫބެއްދޭނެ ގޮތަށް ނަމްބަރުތައް ޖަހައިގެން ކަމަށް އޭނާފާހަގަކުރެއްވިއެވެ.

ހަމަ އެހެންމެ، މި ބަދަލުތަކަކީ ޓޫރިޒަމް ސިނާއަތުގެ މިހާރުގެ ހާލަތާ ނުބައްދަލު ބަދަލުތަކެއް ކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނަވައިގެން ކުރީ ސަރުކާރުގައި ޓެކްސްތައް ބޮޑުކުރި އިރު ވެސް، ޓޫރިޒަމް ސިނާއަތުގެ މައިގަނޑު ކަންބޮޑުވުމަކަށްވީ އާމްދަނީއަށް ކުރާނެ އަސަރާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved