March 10, 2026
Advertisement
އިބްރާހީމް އަމީރް
އިބްރާހީމް އަމީރް / ސޯޝަލް މީޑިއާ

ދައުލަތަށް ގެއްލުންދިން މައްސަލައެއްގައި އަމީރު ވެސް އޭސީސީއަށް!

Yana Shareef
ޔާނާ ޝަރީފް
Oct 10, 2025, 12:46 AM

ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުވާން އަންގައިފިއެވެ.

Advertisement

އެނގިފައިވާ ގޮތުގައި އޭސީސީއަށް ހާޒިރުވުމަށް އަންގައި އަމީރަށް ޗިޓް ފޮނުވާފައިވަނީ މިއަދެވެ. އަމީރު އޭސީސީއަށް ހާޒިރުކުރަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

އެގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި އަމީރު ބައިވެރިވެފައިވާކަމަށް އޭސީސީން ތުހުމަތުކުރެއެވެ.

އަމީރު އޭސީސީއަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވިއިރު، ހަމަ އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުވެސް އޭސީސީއަށް ހާޒިރުވުމަށް އަންގައި ވަނީ ޗިޓު ފޮނުވައިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved