ބޭންކް އޮފް މޯލްޑިވްސްގެ ކާޑްތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓަށް ބަދަލު ގެނައުމުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު އަދުގެ ރައީސް ޑރ މުހައްމަދު މުއިއްޒަށް ފާޑުވިދާޅުވެއްޖެ އެވެ.
ޑރ ޖަމީލްގެ އެކްސް އެކައުންޓްގައި ކުރެއްވި ޕޯސްޓްގައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކާޑްތަކުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ ލިމިޓަށް ބަދަލު ގެނައުމުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
އެގޮތުން އެމަނިކުފާނު ވަނީ ރައީސް މުއިއްޒަށް އަމާޒުކޮށް "ރައީސް"، މިލަޤަބު ލިބުމަކީ ތިމާއަށް އުޑުން ބާރުތަކެއް ލިބުމެއް ނޫންކަމަށް ވިދާޅުވެފައެވެ.
އޭގެ ބަދަލުގައި ވެރިޔާ ވާންޖެހޭނީ އެހެން މީހުންނަށް ވުރެ ހިޔާލު މުއްސަނދި ފަރާތަކަށް ކަމަށްވެސް ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.
ރައީސް މުއިއްޒު ރިޔާސީ އިންތިޚާބްގެ ކެމްޕެއިން ދުވަސްވަރު ވިދާޅުވީ އެއްވެސް ހާސްކަމެއް ނެތްކަމަށާއި، ގްރީން ސިގްނަލް ލިބިފައިވާކަމަށާއި ވިދާޅުވީ ޑޮލަރ ރޭޓް އެހުރީ ހިފެހެއްޓިފައި ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒު ކުރިން ދައްކަވާފައި ހުރި ވާހަކަތަކުގެ މަތިން ހަނދާންކޮށްދެއްވާފަ އެވެ.
އަދިވެސް ރައީސް މުއިއްޒު ބަލަނީ މަޖިލިސް މެމްބަރުން މެދުވެރިކޮށް އޮޅުވާލެވޭތޯ ކަމަށާއި އިސްލާޙީ ފިޔަވަޅު ޤަބޫލުކުރުމެއް ވެސް ނެތި ބޭކާރު އެއްވެސް ޚަރަދެއް ވެސް މަދު ނުކުރައްވާކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
މުއިއްޒަކީ ޕްރެޒިޑެންޝަލް މެޓީރިއަލެއް ނޫނޭ އެދުވަހުވެސް ބުނީ ޒާތީވެގެނެއް ނޫންކަމަށާއި އެހެން ވިދާޅުވީ މުއިއްޒު އެނގިވަޑައިގެންނަވާތީ ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ..
މިއޮތީ "ވޯސްޓް ކޭސް ސިނާރިއޯ" އައިސްފައި ކަމަށް ޑރ ޖަމީލް ފާހަގަކުރެއްވި އެވެ.މިއަދު ތަންދޮރު ނޭނގޭ މަދު ބަޔަކާއިއެކު ޖެހި ސަކަރާތުގެ ހިތި ޒަހަރު ބޯން މިޖެހުނީ މަޢްސޫމް ރައްޔިތުން ނޫންތޯ އައްސަވާ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒަށް ސުވާލު އަމާޒުކުރައްވާފައެވެ.
ރައީސް، މިލަޤަބު ލިބުމަކީ ތިމާއަށް އުޑުން ބާރުތަކެއް ލިބުމެއް ނޫން. އެހެން މީހުންނަށް ވުރެ ހިޔާލު މުއްސަނދިވާންޖެހޭ. ވިދާޅުވީ ހާސްކަމެއް ނެތޭ، ގްރީން ސިގްނަލް ލިބިފައޭވަނީ. ވިދާޅުވީ ޑޮލަރ ރޭޓް އެހުރީ ހިފެހެއްޓިފައޭ.
— Mohamed Jameel Ahmed (@MJameelAhmed) August 25, 2024
އަދިވެސް އެމްޕީން މެދުވެރިކޮށް އޮޅުވާލެވޭތޯ ބަލަނީ. އިސްލާޙީ… pic.twitter.com/GXVt7T2giY