April 18, 2026
Advertisement
 ޢައްޒާ
ޢައްޒާ / އަލްޖަޒީރާ

އިސްރާއިލާ ދެކޮޅަަށް ހުށަހެޅި މައްސަލާގައި ރާއްޖޭން ބައިވެރިވަނީ

Aishath Naja
އައިޝަތު ނަޖާ
Jan 29, 2024, 12:37 AM
ފަލަސްޠީން

އިސްރާއިލުން ފަލަސްތީނުގައި ހިންގާ ގަތުލުއާންމު ކުށްވެރިކޮށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލާގައި ރާއްޖޭން ބައިވެރިވާން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

Advertisement

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމި ނިންމުންތަކުގެ މައުލޫމާތު ދޭން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުﷲ ނާޒިމް ވިދާޅުވީ ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހެޅި މައްސަލާގައި ރާއްޖެ ތަމްސީލުކުރައްވާނީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ކަމަށެވެ.

އެކަމާ ގުޅޭގޮތުން އައިސީޖޭން ނިންމި ނިންމުމުގައި ވަނީ ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ވަގުތުން ހަމަޖައްސައިދިނުމަށް އަމުރުކޮށްފަ އެވެ.

އޭގެ އިތުރުން ނަސްލު ނައްތާލުމާ ގުޅޭ އެންމެހާ އަމަލެއް ހުއްޓާލައި އެ ކަމުގެ ހެކިތައް ފޮހެލުން ހުއްޓާލުމަށް ވެސް އަމުރުކޮށްފައިވެ އެވެ.

އޭގެ އިތުރުން, އައިސީޖޭގެ އަމުރާ ގުޅޭގޮތުން އިޒްރޭލުން އަމަލުކުރާ ގޮތާ ގުޅޭ ރިޕޯޓެއް އެއް މަސް ދުވަހުގެ ތެރޭގައި އެ ކޯޓަށް ހުށަހެޅުމަށް ވެސް އަމުރުކޮށްފައިވެއެވެ.

އައިސީޖޭގެ އެ ނިންމުމަށް ރާއްޖޭން ތާއީދުކުރާ ކަން ކުރިންވެސް ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved