އެފްޑީސީގެ ފްލެޓެއް. / ސޯޝަލް މީޑިއާ
ސިޔާސީ
ފްލެޓްތައް ހަވާލު ނުކުރީ ސަރުކާރުން އަންގައިގެން: ފަހިދިރިއުޅުން
Aishath Naja
އައިޝަތު ނަޖާ
26 އޯގަސްޓު 2024
މާލެ ސިޓީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅަމުން ގެންދާ 4،000 ހައުސިން ޔުނިޓް ހަވާލުކުރުން މަޑުޖައްސާލީ ސަރުކާރުން އަންގާފައިވާތީ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފި އެވެ

އެފްޑީސީން މިފަދައިން ބުނެފައި ވަނީ ނެރުނު ނޫސް ބަޔާނެއްގައެވެ.

އެގޮތުން އެ ކުންފުނިން ބުނީ ހައުސިން މިނިސްޓްރީން މީގެ ކުރިން ޔުނިޓް ހަވާލު ކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތް މަޑު ޖައްސާލަން އަންގާފައިވާތީ އެ ޔުނިޓްތައް ހަވާލުކުރެވޭނީ މިނިސްޓްރީން އެންގުމުން ކަމަށެވެ.

އެފްޑީސީއަށް 4،000 ހައުސިން ޔުނިޓުތަކުގެ އެއްބަސްވުމާއި އަދި ޔުނިޓް ހަވާލުކުރުމާ ބެހޭގޮތުން ގިނަ ފަރާތްތަކަކުން މައުލޫމާތު ހޯދަން އެދެމުންދާ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ ހާމަކޮށްފައެވެ.

އެހެންނަމަވެސް އެފްޑީސީން ބުނީ ޔުނިޓް ލިބޭ ފަރާތްތަކާއި، އެ ފަރާތްތަކަށް ލިބޭނެ ޔުނިޓްތައް ކަނޑައެޅުމުގެ މަސައްކަތަކީ ހައުސިން މިނިސްޓްރީން ކުރަމުންދާ ގެންދާ މަސައްކަތެއް ކަމަށެވެ.

ފްލެޓްތައް ހަވާލުނުކޮށް ލަސްކުރަމުންދާތި ގިނަ ބަޔަކު އަންނަނީ މުޒާހަރާ ކުރަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved