March 1, 2026
Advertisement
-
- / ފޭސްބުކް

ފްލެޓް ލިސްޓް ގަޑުބަޑުކޮށް އުސޫލާއި ޚިލާފަށް 315 މީހަކަށް ފްލެޓް ދިން މައްސަލަ އޭސީސީއަށް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Aug 6, 2025, 11:22 PM
މާލެ ސިޓީ

ފްލެޓް ލިސްޓް ގަޑުބަޑުކޮށް އުސޫލާއި ޚިލާފަށް 315 މީހަކަށް ފްލެޓް ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފިއެވެ.

Advertisement

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓްތައް ދިންއިރު، 76 މާކްސްއަށް ވުރެ މަތިން ޕޮއިންޓް ލިބިފައިވާ ބައެއް ފަރާތްތަކުގެ ގުރު ނުނަގައި، 75 މާކްސް ލިބުނު ބައެއް ފަރާތްތަކުގެ ގުރުއަތު ނަގައި 315 ފްލެޓް ދިން މައްސަލަ އޭސީސީއަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިންނެވެ.

އެ ވުޒާރާއިން އޭސީސީއަށް ހުށަހަޅާފައިވާ މައްސަލައިގައި ފާހަގަކޮށްފައިވަނީ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގެ އުސޫލު އަދި އެ ވުޒާރާގެ އިއުލާނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިއާޔަތްކޮށް، ގެދޮރުވެރިޔާ ސްކީމުން ފުލެޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމާއި އެފަރާތްތަކަށް ފުލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، ފުލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފްޑީސީ) އާއި ހިއްސާކުރުމުގެ މަސައްކަތް ކުރަމުން ގެންދަނިކޮށް، ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ބައެއް ފަރާތްތަކަށް ފްލެޓު އެލޮކޭޓްކޮށް ސޮއިކޮށްފައިވާ ކަމަށެވެ.

އުސޫލުގައިވާ ގޮތުގެ މަތިން ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފުލެޓް ލިބެނީ 76 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށް ކަމަށާއި، އެ ފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމަށްފަހު ބާކީވާ ފުލެޓްތައް 75 މާކްސް ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތަކުން ހޮވޭ ފަރާތްތަކަށް ކަމަށާއި އަދި ފުރަތަމަ ބުރުގައި ދެ ކޮޓަރީގެ ފުލެޓް ލިބެނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކަށެވެ.

ނަމަވެސް މިއާއި ޚިލާފަށް އެފްޑީސީ އިން ވަނީ ގަވާއިދާއި ޚިލާފަށް 315 ފަރާތަކަށް ފްލެޓް ދީފައި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

ނިމިދިޔަ ސަރުކާރުން ނެރުނު ފްލެޓް ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށް ބުނެ މި ސަރުކާރުން ވަނީ އާ ލިސްޓް ނުނެރި އެތަކެއް މަހެއް ރައްޔިތުން މަޑުކުރުވާފައެވެ. އަދި މިހާރު ނެރެފައިވާ ލިސްޓުންވެސް އެތަކެއް މަކަރުތަކެއް ހަދާ އޮޅުވާލަމުންދާ ކަމުގެ ޝަކުވާތައް ރައްޔިތުން އަންނަނީ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved