March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެއްބަސްވުމާއި ޚިލާފަށް ފަހި ދިރިއުޅުން ފްލެޓްތައް ބޮޑު އަގުގައި ކުއްޔަށް ދޭން އިއުލާންކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 11, 2025, 04:01 AM
މާލެ ސިޓީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަނުން ދޫކުރި ބައެއް ފްލެޓްތަކަށް ނުވަދެވި އުޅެނިކޮށް ބައެއް ފަރާތްތަކުން  އެތަންތަން ކުއްޔަށް ދޭން އިޝްތިހާރު ޖަހައިފިއެވެ.

Advertisement

އެފްޑީސީން 4،000 ފްލެޓް ލިބުނު މީހުންނާ، އެތަންތަނުގެ ތަޅުދަނޑި ހަވާލުކުރަން ފެށިތާވީ އަދި އެންމެ ދެ ހަފްތާ އެވެ. ހުޅުމާލެ ދޭއްގައި އިމާރާތްކޮށްފައިވާ އެ ފްލެޓްތަކުގެ ތެރެއިން އެންމެ ފުރަތަމަ ތަޅުދަނޑި ހަވާލުކުރީ އަމާން އުދަރެސްގެ 14 ވަނަ ޓަވަރުން ފްލެޓް ލިބުނު މީހުންނަށެެވެ.

އެޕާޓްމަންޓްތައް ހަވާލުކުރުމާއެކު ބައެއް ފަރާތްތަކުން މިހާރު ވަނީ އެޕާޓްމަންޓްތަކަށް ބަދަލުވެ އެތަނުގައި ދިރިއުޅެން ފަށާފައެވެ. އަދި އެޕާޓްމަންޓްތައް ލިބުނު ބައެއް ފަރާތްތަކުން ވަނީ އެމީހުންނަށް ލިބުނު ތަން ކުއްޔަށް ދިނުމަށް ސޯޝަލް މީޑިއާގެ ބައެއް ޕޭޖްތަކުގައި އިސްތިހާރު ޖަހާފައެވެ. އެގޮތުން މީސްމީޑިއާގެ ބައެއް ޕޭޖްތަކުގައި 3 ކޮޓަރި ހިމެނޭ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދިނުމަށް ޖަހާފައިވެއެވެ.

ސޯޝ މީޑިއާގައި ކޮށްފައިވާ ޕޯސްޓެއް
ސޯޝ މީޑިއާގައި ކޮށްފައިވާ ޕޯސްޓެއް

އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުގެ ދެ ކޮޓަރީގެ ފްލެޓަށް ސަރުކާރުން ކަނޑައެޅި ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު 8،000ރ. އެވެ. އަދި ތިން ކޮޓަރީގެ ކުއްޔަކީ މެއިންޓެނަންސް ފީއާ އެކު ކުއްޔަށް 11،500ރ. އެވެ.

ފަހި ދިރިއުޅުމުން ދޫކުރި ފްލެޓްތައް މިހާ އަވަހަށް ކުއްޔަށް ދޫކުރަން ޖަހާފައިވާއިރު ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްތައް ވެސް ދަނީ ބޮޑު އަގުގައި ކުއްޔަށް ދޫކުރަމުންނެވެ. ހިޔާގެ ކުއްޔަށް މެއިންޓެނަންސް އާއެކު މިހާރު ދައްކަން ޖެހޭ މިންވަރު 4984ރ. އަށް ކުޑަކޮށްފައިވާއިރު އެތަންތަން 15،000ރ. އާއި 18،000ރ. އަށް ވެސް ކުއްޔަށް ދޫކުރަމުން އެބަދެ އެވެ.

ފްލެޓް ލިސްޓްތަކުގެ މައްސަލަ ބޮޑުވެފައިވާއިރު ނުހައްގުން ވަންނާނެ ތަނެއް ނެތި ފްލެޓް ހޯދާ ގިނަ ފަރާތްތަކުން ނުހައްގުން ފައިސާ ހޯދަން ބޮޑު އަގުގައި ކުއްޔަށް ފްލެޓް ދޫކުރުމަށް އިއުލާންކުރާތީ ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

ސޯޝަލް ހައުސިން ސްކީމްގެ ދަށުން އެޕާޓްމަންޓްތައް ލިބޭ ފަރާތްތަކުން ބޮޑުއަގުގައި އެތަންތަން ކުއްޔަށްދޭ މައްސަލައަކީ ވަރަށްގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ. އެގޮތުން ހިޔާ، އަދި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ކުއްޔަށްދޫކުރާ މައްސަލާގައި ބައެއް އާއްމުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އެއީ، ފްލެޓް އަތުލެވިދާނެ ކަމެއް ކަމަށް އެއްބަސްވުގައި ވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved