March 24, 2026
Advertisement
މިނިސްޓަރ އިހްސާން
މިނިސްޓަރ އިހްސާން / މިނިސްޓްރީ އޮފް ހޯމް އެފެއަރޒް

ޖަލުގައި ރިހިބިލިޓޭޝަން މަސައްކަތުގައި ބައިވެރިވާ ކޮންމެ ދުވަހެއް ހުކުމުން އުނިކޮށްދެނީ

Aishath Naja
އައިޝަތު ނަޖާ
Aug 29, 2024, 08:50 PM
މާލެ ސިޓީ

ޖަލުގައި ގައިދީން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް އެ ގައިދީގެ ހުކުމުން ދުވަހެއް އުނިކުރެވޭގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.

Advertisement

މިނިސްޓަރ އިހުސާން މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ކ. މާފުށީގައި ހުންނަ ޖަލުގެ ގޯތިތެރޭގައި ހެދި "ދިވެހި ސަގާފީ ގޯތި" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން މިިނިސްޓަރ އިހުސާން ވިދާޅުވީ އެކަމަށް މަގުފަހި ކުރުމަށްޓަކައި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އެކަން ކަރެކްޝަނަލް ސާވިސްއިން ވަރަށް އަވަހަށް ގައިދީންނަށް އަންގާނެ ކަމަށެވެ.

އިޙްސާން ވިދާޅުވީ އެއްވެސް މީހަކު ޖަލުގައި ގިނަ ދުވަހު ބެހެއްޓުމަކީ ސަރުކާރުގެ ވިސްނުން ނޫންކަމަށާއި ރައީސް ޑރ. މުޢިއްޒު އިރުޝާދު ދެއްވާފައިވަނީ، ގައިދީންނަށް ޖަލުގައި ފަންނުވެރި މަސައްކަތެއް ދަސްކޮށްދީ އަދި އާމްދަނީ ލިބޭނެ މަގެއް ހޯދައިދިނުމަށްފަހު މުޖުތަމަޢަށް އަލުން ނެރުމަށް ބާރުއެޅުމަށް ކަމަށެވެ.

ހަމައެއާއެކު ޖަލަށް ވަނުމާއެކު ގައިދީގެ އިސްލާހީ މަސައްކަތް ފެށުނީ ކަމަށާއި ދެން ކުރަން ޖެހޭނީ ބޭނުންތެރި ދިވެއްސެއްގެ ގޮތުގައި އަނބުރާ މުޖުތަމައުގެ ތެރެއަށް ނުކުމެ، ގައުމު ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކަމަށް އިޙުސާން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved