May 3, 2026
Advertisement
ގްރީން ބިލްޑިންގ އެނދި ހާދިސާގެ ތަހުގީގު ހާމަކުރާނެ ކަމަށް ސަރުކާރުން ބުނި މުއްދަތު ފަހަނަ އަޅައިފި
ގްރީން ބިލްޑިންގ އެނދި ހާދިސާގެ ތަހުގީގު ހާމަކުރާނެ ކަމަށް ސަރުކާރުން ބުނި މުއްދަތު ފަހަނަ އަޅައިފި / އެމްއެންޑީއެފް

ގްރީން ބިލްޑިންގ އެނދި ހާދިސާގެ ތަހުގީގު ހާމަކުރާނެ ކަމަށް ސަރުކާރުން ބުނި މުއްދަތު ފަހަނަ އަޅައިފި

May 2, 2026, 08:46 PM
މާލެ ސިޓީ

ގްރީން ބިލްޑިންގ އެނދި ހާދިސާގެ ތަހުގީގު ހާމަކުރާނެ ކަމަށް ސަރުކާރުން ބުނި މުއްދަތު ފަހަނަ އަޅައިފިއެވެ.

Advertisement

ސަރުކާރުގެ މުހިންމު ތިން މިނިސްޓްރީއެއް ކަމަށްވާ ހައުސިން، ޕްލޭނިން އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގި އިމާރާތް އަނދައި ހުލިވި ހާދިސާގެ ތަހުގީގު ނިމިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ނަމަވެސް، އެ ތަފްސީލުތައް ހާމަކުރުމަށް ދެއްވި މުހުލަތުވަނީ އެޕްރިލް މަސް ނިމުމާ އެކު ވަނީ ހަމަވެފައެވެ.

އެގޮތުން މިދިޔަ އެޕްރީލް މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ޔަގީންކަން ދެއްވީ، ޑިސެމްބަރު 12، 2024 ގައި ހިނގި މި ހާދިސާގެ ތަހުގީގު ނިމިފައިވާ ކަމަށާއި، ޖެހިގެން އައި ހަފުތާ ނިމުމުގެ ކުރިން ފުލުހުން މެދުވެރިކޮށް އެ މައުލޫމާތު އާންމުކުރައްވާނެ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ޒިންމާދާރުކަން ކުޑަކަމުން، އެ ދެއްވި ޔަގީންކަމާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަން ފާހަގަކޮށްލެެވެއެވެ.

ތިން މިނިސްޓްރީއެއް އަނދައިގެން ދިޔަ ހާދިސާގެ ތަހުގީގަށް އާންމުންގެ އެހީތެރިކަން ހޯދަން ޑިސެމްބަރު 17، 2024 ގައި ފުލުހުން އިއުލާނުކޮށް އޭގެފަހުން، އަލިފާނުގެ ހާދިސާގެ ތަހުގީގަށް އިންޑިއާގެ ތަޖުރިބާކާރުންގެ ޓީމަކުން ފަންނީ އެހީތެރިކަން ދެމުންދާ ކަމަށް ޑިސެމްބަރު 20، 2024 ގައި ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދޭން އައި އިންޑިއާގެ ޓީމު ރާއްޖޭގައި ދެ ދުވަހު ހަރަކާތްތެރިވުމަށްފަހު ފުރައިގެން ދިޔައީ ޑިސެމްބަރު 22، 2024 ގަ އެވެ. އެކަން ފުލުހުން ހާމަކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 27، ގަ އެވެ. ނަމަވެސް އެހާ އަވަހަށް އެ ޓީމު ފުރައިގެންދިޔައީ ކީއްވެގެން ކަމެއް ފުލުހުން އެ ދުވަހު ހާމައެއް ނުކުރެއެވެ.

އަލިފާނުގެ ހާދިސާއާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިދިޔަ ޖޫން 24، ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ފުލުހުން މަސައްކަތްކުރި އެވެ. އެކަމަކު އެ ނޫސްވެރިންގެ ބައްދަލުވުން އެންމެ ފަހުވަގުތު ވަނީ ސަބަބު ވެސް ހާމަނުކޮށް ކެންސަލްކޮށްފަ އެވެ.

ތިން މިނިސްޓްރީއެއް އެއްކޮށް އަނދައި، މުހިންމު ލިޔުންތަކާއި ސާވާތައް ނެތިގެން ދިޔުމަކީ ގައުމީ ފެންވަރުގެ ބޮޑު ގެއްލުމެކެވެ. މިހާރު އެ މިނިސްޓްރީތަކުގެ ހިދުމަތް ދަރުބާރުގެއަށް ބަދަލުކޮށް، ހައުސިން އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ވަނީ އެއްކޮށްލާފައެވެ. ސަރުކާރުން މި މައްސަލައިގައި ޒިންމާދާރުކަމާއެކު އަމަލުކުރުމުގެ ބަދަލުގައި، މައުލޫމާތު ހާމަކުރުން ލަސްކޮށް، ތަހުގީގުތައް ސިއްރުކުރުމަކީ މި ސަރުކާރުގެ ދެފުށް ފެންނަ ސިޔާސަތުތަކާމެދު އާންމުން ސުވާލު އުފައްދައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved