March 24, 2026
Advertisement
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ
ޑރ. ޖަމީލު ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަނީ / ތޭރަ އޮންލައިން

ރައީސް މުއިއްޒު ހުންނެވީ ދެވަނަ ބަޣާވާތެއްކޮށް ސަރުކާރުގެ މަގާމުތައް ހަދިޔާތަކުގެ ގޮތުގައި ބަހާލައިގެން: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Aug 30, 2024, 12:55 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ދެވަނަ ބަޣާވާތެއްކޮށް ސަރުކާރުގެ މަގާމުތައް ހަދިޔާތަކުގެ ގޮތުގައި ބަހާލައިގެންކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

އާދިއްތަ ދުވަހުގެރޭ ދަ ފްރޮންޓު އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޑރ. ޖަމީލު ވިދާޅުވި، ފާއިތުވި ފަސް އަހަރުގެ ތެރޭގައި ހިނގީ ނުރަގަޅު ވެރިކަމެއް ކަމަށާ އެކަމާ ދެކޮޅަށް ރަގަޅު މަސައްކަތެއް ކުރެވުނު ކަމަށެވެ.

އެގޮތުން ނިމި ދިޔަ ސަރުކާރުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކޮށް އެމަނިކުފާނަށް ނުހައްގުން ދެމުން ގެންދިޔަ އަނިޔާ ކަމަށާ. އެމަނިކުފާނުގެ ސަރުކާރުގައިވެސް އެމަނިކުފާނަށް އެ އަނިޔާ ދިނުމަށް ބަޔަކު ރޭވ ކަމަށެވެ. އަދި ބަޣާވާތްކޮށް ވެރިކަން ވައްޓާލަން މަސައްކަތްކުރި ކަމަށާ އެކަމުގެ އެންމެ އިސް މީހަކަށް ހުރީ އަހުމަދު އަދީބުކަން ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.

ޑރ ޖަމީލު ވިދާޅުވީ އެމްއެމްޕީއާރުސި މައްސަލައިގައި ރައީސް ޔާމީން ޓަގެޓަކަށް ހަދައިގެން ނިމި ދިޔަ ސަރުކާރުންނާ އަދި މިހާރު މިސަރުކާރުން ވެސް އުޅޭތީ މުޖުތަމައުގެ ކަންބޮޑުވުން އެބަ އޮތް ކަމަށާ އެގޮތުން ފެއަރ ޓްރައިލްގެ ވާހަކަ ގާނޫނީ އަސާސީގައި އޮތް ނަމަވެސް އެކަމާ އެއްގޮތަށް ކަންކަން ނުދާ ކަން ޑރ. ޖަމީލު ފާހަގަކުރެއްވިއެވެ.

ޑރ. ޖަމީލު ވިދާޅުވީ، ދައުވާ ކުރުން އޮންނަނީ ޕީޖީގެ އަތްމަތީގައި ކަމަށާ އެގޮތުން ރައީސް ޔާމީން ދައުރު މުހުތާޒުވެސް ވަކި ބަޔަކަށް ދައުވާކުރަން ދެކޮޅު ހަދާފައިވާކަން ޑރ. ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލުގައި އޮންނެވިއިރު ޕީޕީއެމް ޕީޖީގެ އޭރުގެ މެމްބަރަކު ރައީސް ޔާމީނަށް ފޮނުވި ނޯޓުގައި ރައީސް މުއިއްޒު އޭރު ކަންކުރަމުން ދިޔަ ގޮތް ބަޔާންކޮށްދީފައި އޮތް ކަމަށެވެ.

އެގޮތުން މިއަދު ރައީސް މުއިއްޒު ހުންނެވީ ދެވަނަ ބަޣާވާތެއްކޮށްގެން ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ. އަދި ސަރުކާރުގެ މަގާމުތައް ހަދިޔާތަކުގެ ގޮތުގައި ބަހާލައިގެންކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ސެލެކްޓިވް ޕްރޮސިއުކިއުޝަނަކާ އެކު ސެލެކްޓިވް އެޕްލިކޭޝަން އޮފް ލޯ އަކީވެސް މިހާރު ރާއްޖޭގައި އޮތް ކަންބޮޑުވުމެއް ކަމަށްވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved