އެމްޑީޕީ ދިދަ / ދަ ނޭޝަން
ސިޔާސީ
ރަށެއްގައި އެމްޑިޕީގެ ދިދައަކަށް ގެއްލުންދީފި
Aishath Naja
އައިޝަތު ނަޖާ
01 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ށ. މާއުނގޫދޫގައި އެމްޑީޕީގެ މެމްބަރުން ބޮޑުދިދަ ނެގިތާ 24 ގަޑިއިރުވެސް ނުވަނީސް ދިދައަށް ގެއްލުންދީ މޫދަށް ވަނީ އެއްލާލައިފަ އެވެ.

މިކަން ކުށްވެރިކުރާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ވިދާޅުވެފައެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ސުލްޙަވެރި ސިޔާސީ ޙަރަކާތަށް ފަރިތަވާން ޖެހޭ ކަމަށެވެ. އިދިކޮޅު ޕާޓީއަށް ޤައުމުގެ ސިޔާސީ ވެށީގައި ޖާގަ ލިބެން ޖެހޭ ކަމަށާއި އަދި އެ ފިނޑި ޢަމަލު ހިންގި ފަރާތްތަކާއިމެދު ޤާނޫނީ ގޮތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

މިއީ އާންމުގޮތެއްގައި ރާއްޖޭގައި އެއްބަޔަކު އަނެއްބަޔަކާ ޖެއްސުމަށްކޮށް އުޅޭކަމެކެވެ.

ކޮމެންޓު
Copyright © 2013-2024 Media Ring Pvt Ltd.
All rights reserved