March 24, 2026
Advertisement
ފައްޔާޒް އިސްމާއިލް
ފައްޔާޒް އިސްމާއިލް / އެމްޕީއެލް

ޒާތީ މަސްލަހަތަށްޓަކައި ރާއްޖޭގެ އަދުލުގެ ނިޒާމު ގަޑުބަޑު ނުކުރުމަށް ފައްޔާޒު މުއިއްޒަށް ގޮވާލައިފި

Aishath Naja
އައިޝަތު ނަޖާ
Sep 2, 2024, 01:44 PM
މާލެ ސިޓީ

ދާދިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގައި، ޝޮޕިން މޯލެއްގެ ތެރޭގައި ހުންނަވަނިކޮށް ފޮޓޯއެއް ނެގި ކަމުގެ ތުހުމަތުގައި ދިވެއްސެއްގެ ފޯނު ހިފަހައްޓައި ތަހުގީގު ހިންގާތީ އިދިކޮޅު މައި ޕާޓީ, މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

Advertisement

ފައްޔާޒް ކަންބޮޑުވުން ފާޅުކޮށްފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ފައްޔާޒް ވިދާޅުވީ ގާނޫނަކުން ކަނޑައެޅިގެން މަނާނުކުރާ ކޮންމެ ކަމެއް ކުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށެވެ.

އެ ހައްގު އެއްވެސް މިންވަރަކަށް ހިފެހެއްޓޭނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ އެއްގޮތަށް ފާސްކުރާ ގާނޫނަކުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

މީ މި ދައުލަތުން ގާނޫނުގެ ވެރިކަމުގެ ސިފަތައް ނެތިގެން ދާކަމުގެ ނުރައްކަލުގެ ފެހި ސިގްނަލެއްގެ ގޮތުގައި ވެސް ފައްޔާޒް ވަނީ ސިފަކުރައްވާފައެވެ.

ޒާތީ މަސްލަހަތަށް ޓަކައި ރާއްޖޭގެ އަދުލުގެ ނިޒާމު ގަޑުބަޑު ނުކުރުމަށް އޭނާ ވަނީ ރައީސް މުއިއްޒުއަށް ގޮވާލައްވާފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved