March 24, 2026
Advertisement
ރައީސް ޑރ މުހައްމަދު މުއިއްޒު 5 ޑިސެމްބާރ 2023 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަނީ
ރައީސް ޑރ މުހައްމަދު މުއިއްޒު 5 ޑިސެމްބާރ 2023 ވަނަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަނީ / ރައީސް އޮފިސް

ރައީސް މުއިއްޒު ނޫސްވެރިންނާ ފިލައިގެން އުޅޭތާ 272 ދުވަސް!

Aishath Naja
އައިޝަތު ނަޖާ
Sep 2, 2024, 01:44 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނޫސްވެރިންނާ ބައްދަލު ނުކުރާތާ 272 ދުވަސްވެއްޖެކަން ހާމަވެއްޖެއެވެ.

Advertisement

ރައީސް މުއިއްޒު ނޫސްވެރިންނާ އެންމެ ފަހުން ބައްދަލު ކުރައްވާފައި ވަނީ އެމަނިކުފާނު ވެރިކަމާ ހަވާލުވުމަށްފަހު ދެވަނަ އަށްވީ މަަހުގައެވެ. އެއީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ދުވަހެވެ.

އޭގެފަހުން ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުކޮށްފައިނުވެއެވެ.

ރައީސް މުއިއްޒު ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ ރައީސް އޮފީހުގެ އިސްތަރުޖަމާނު ހީނާ ވަލީދު ވެސް ނޫސްވެރިންނާ ބައްދަލު ނުކުރާތާ މަސްދުވަސް ވަނީ ފާއިތުވެފައެވެ. ކޮންމެ ހަފްތާއަކު އެއްފަހަރު ސަރުކާރުގެ ކަންކަން ހާމަކުރުމަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް ފެނިގެންދަނީ ހާލަކުން ފަހަރަކު ވަޒީރުން މެދުވެރިކޮށް ނޫސްވެރިންނާ ހަމަޔަށް މައުލޫމާތު ހާމަކުރާ މަންޒަރެވެ.

ރައީސް މުއިއްޒު ވެރިކަަމަށް އައީ ނޫސްވެރިންނާ ގާތުން މަސައްކަތް ކުރައްވާނެ ކަމުގެ ވައުދާއެކުގައެވެ.ނަމަވެސް ފެނިގެންދަނީ ނޫސްވެރިންނާ ކުރިމަތިލާން ނުކެރި އުޅިވަޑައިގެންނާވާ މަންޒަރެވެ.

މި ރައީސަކީ ނޫސްވެރިންނާ ފިލައިގެން އުޅޭ ރައީސެއް ނޫންކަމަށް ސަސްޕެންޝަންގައި ތިއްބެވި ދެތިން ނައިބު ވަޒީރުން ވިދާޅުވި ނަމަވެސް ރައީސަކު ނޫސްވެރިންނާ ބައްދަލު ނުކޮށް ފިލައިގެން އުޅޭތާ މިއީ ފުރަތަމަ ފަހަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved