February 20, 2026
Advertisement
ފަޒުލް
ފަޒުލް / އެޑިޝަން.އެމްވީ

އެޗްޑީސީގެ މުވައްޒަފުން ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރަން ފަށައިފި

Aishath Naja
އައިޝަތު ނަޖާ
Sep 4, 2024, 09:44 PM
މާލެ ސިޓީ

ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުން ވެރިކަންކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ސޮއިކުރަން މަޖުބޫރު ކުރަމުން ގެންދާކަން ހާމަްވެއްޖެ އެވެ.

Advertisement

ފުރަތަމަ މިފަދަ ވާހަކަތަކެއް ދެކެވިފައި ވަނީ "ހަސަން ކުރުސީ" ނަމަކަށް ކިޔާ އެކައުންޓަކުން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. އެހެންކަމުން މިކަމާ ގުޅިގެން "ތޭރައޮންލައިން" ގެ ފަރާތުން ވަނީ އެއީ ތެދު މައުލޫމާތެއްތޯ ބެލުމަށް އެޗްޑީސީގެ ދެތިން މުވައްޒަފަކާ ވާހަކަ ދައްކާފައެވެ.

އެ މުވައްޒަފުން ބުނީ އެމީހުން ލައްވާ ޕީއެންސީއަށް ސޮއިކުރަން މަޖުބޫރު ކުރަމުން ދަނީ މިހާރު އެ ޕާޓީން ކުރިއަށް ގެންދާ މެމްބަޝިޕް ޑްރައިވްގެ ތެރެއިން ކަމަށެވެ.

މީސްމީޑިޔާގައިވާ ގޮތުން އެއީ އެ ކުންފުނީގެ ވެރިޔާ ފަޒުލް ރަޝީދު އިސްވެ ހުންނަވައިގެން ކުރާ ކަމެކެވެ.

އެޗްޑީސީގެ މުވައްޒަފުން ބުނީ ފަޒުލް ސޮއި ހޯދުމަށް މުވައްޒަފުންގެ މުސާރަ ހިފަހައްޓާނެ ކަމުގެ އިންޒާރުވެސް ދީފައިވާކަމަށެވެ.

"ސޮއި ނުކޮށްފިއްޔާ މުސާރަ ނުދޭނެ ކަމަށް ބުނީ، ދެން މުސާރަ ބޭނުންވާނެތާ އެހެންވެ އެންމެން ވެސް ސޮއި އެބަ ކުރޭ" އެތަނުން އެއް މުވައްޒަފު ބުންޏެވެ.

ޕީއެންސީ އަށް މެމްބަރުން ގިނަ ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ގެންދާއިރު މައުލޫމާތު ލިބުނު ގޮތުގައި ސަރުކާރުގެ ވެރިން އަންނަނީ ކުންފުނިތަކާއި ވުޒާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މަޖުބޫރުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved