May 21, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި

Aiminath Sarah
އައިމިނަތް ސާރާ
May 18, 2026, 11:31 AM
މާލެ ސިޓީ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ ޔޫސުފް ވަހީދު އެ މަގާމުން މިއަދު ވަކިކޮށްފިއެވެ. ހއ. ވަށަފަރު، ބޮޑުގެ، ޔޫސުފް ވަހީދު މަގާމުން ވަކިކުރިކަން ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކޮށް ވަކިކުރުމުގެ ޒިންމާ އުފުލާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.

Advertisement

ޔޫސުފް ވަހީދަކީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެޗްޑީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކިކުރި ސީދާ ސަބަބެއް ކަމާބެހޭ އިދާރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

އެޗްޑީސީގެ ބޯޑުން ވަކިކުރި ނަމަވެސް، ޔޫސުފް ވަހީދު މިހާރުވެސް ހުންނެވީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ޗީފް އިންޓަނަލް އޮޑިޓަރުގެ މަގާމުގައެވެ. އޭނާއަކީ މާލީ އަދި އެކައުންޓިންގ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވައިގެން ހުންނެވި، ތަޖުރިބާކާރު ބޭފުޅެކެވެ.

ޔޫސުފް ވަހީދުގެ ތައުލީމީ ފަސްމަންޒަރަށް ބަލާއިރު، އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަ އޮފް ޕްރޮފެޝަނަލް އެކައުންޓިންގ އެންޑް ފައިނޭންސް ހާސިލުކުރައްވާފައެވެ. މީގެ އިތުރުން ފައިނޭންސްގެ ދާއިރާއިން ބެޗްލަ އޮފް ބިޒްނަސް މެނޭޖްމަންޓް ޑިގްރީވެސް އޭނާ ވަނީ ފުރިހަމަކުރައްވާފައެވެ.

ރާއްޖޭގެ އެކައުންޓިންގ ދާއިރާގައި ފާހަގަކޮށްލެވޭ ޔޫސުފް ވަހީދަކީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) ގެ މެންބަރެއްވެސް މެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved