
ޤައުމީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ މުހައްމަދު މުޢިއްޒު ދިވެހިންނަށް ތަހުނިޔާ ފޮނުވީ ޕޯޗުގީޒު އޮޑިއެއް ކުރަހައި، ދިވެހި ދިދައިގެ ހުރުމަތް ކެނޑޭހެން ހަނދުފަޅި ނުވަތަށް ހުރި ކުރެހުމަކުންކަން އެނގިއްޖެއެވެ.
މީސްމީޑިޔާގައި ދައުރުވަމުން އަންނަ ތަހުނިޔާގެ އެ ފޮޓޯ އިން ފެންނަނީ ދިވެހި ދިދައިގެ ހުރުމަތް ކެނޑޭހެން ހަނދުފަޅި ނުވަތަށް ހުރި މަންޒަރެކެވެ.
ފާޑުކިޔުންތައް އަމާޒުވުމާއެކު ފަހުން އެމަނިކުފާނު ވަނީ އެ ޕޯސްޓް ޑިލީޓް ކުރުމަށްފަހު ދިދަ ރަނގަޅަށް އިން ފޮޓޯއެއް އާންމުކޮށްފައެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ އެކަމާ ގުޅިގެން އެމަނިކުފާނަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.
ދިވެހި ދިދަ އިންނަ ގޮތް ނޭނގޭ ވެރިއެއް ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ރައީސް މުއިއްޒު ސިފަކުރައްވަމުންނެވެ.
ދިވެހިރާއްޖޭގެ ރައީސަށް ދިދަ ނުބައިކޮށް އިންއިރު ވަކި ކުރަން ނޭނގުމަކީ ލަދުވެތި ކަމެކެވެ.










