February 27, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ސޯޝަލް މީޑިއާ

އާރާއި ބާރު އޮތީ ތިމަންނާގެ އަތުގައި ކަމަށް ބުނެ މުއިއްޒު ދައްކަނީ ކިބުރުވެރިކަން: ޑރ ޖަމީލް

Aishath Naja
އައިޝަތު ނަޖާ
Sep 6, 2024, 12:50 AM
މާލެ ސިޓީ

އާރާއި ބާރު އޮތީ ތިމަންނާގެ އަތުގައި ކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދައްކަނީ ކިބުރުވެރިކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ "ސަންގު އެމްވީ" އިން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ޝާއިއުކޮށްފައިވާ ޚަބަރުގެ ފޮޓޯ އެއް އެކްސްގައި ހިއްސާ ކުރެއްވުމަށް ފަހުގައެވެެ.

އެގޮތުން އެ ޚަބަރުގެ ސުރުހީގައި "އަރެއް ނެތް، ބާރެއް ނެތް، މިހާރަކު ތާއިދެއް ނެތް" ކަމަށް ލިޔެފައި އޮތުމުން އެ ސުރުހީއަށް ފާޑުކިޔުން އަމާޒުކުރައްވަމުން ޑރ ޖަމީލް ވިދާޅުވީ "ޗީޕް ޕީސަސްތައް" އެކި ތަންތާގައި ލިޔުއްވުމަކުން އިގްތިސާދީ ގޮންޖެހުންތަކަށް ހައްލެއް ނުލިބޭނެކަމަށެވެ.

އެގޮތުން ސްކޫކް މައްސަލަވެސް ހައްލު ނުވާކަމަށް ވިދާޅުވެ އެއީ ވެސް ބަޢާވަތެއްތޯ އެމަނިކުފާނު ވަނީ ސުވާލު އުފައްދަވާފައެވެ.

އޭގެއިތުރުން ޑރ ޖަމީލް ވިދާޅުވީ ވެރިކަމުގައި ހުރެ ބާރެއް ނެތި ރައީސް މުއިއްޒުހާ އަވަހަށް ނިކަމެތިވި ވެރިއެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި ބޮޑު މުސާރައެއް ލިބޭއިރު ހުސްވަގުތު އޮންލައިން ނޫސްތަކުގައި މޮޅެތި ހެޑްލައިން ޖަހައިގެން ސަމާލުކަން ހޯދުމަށް ސަކަރާތް ޖެހުމުގައި ހޭދަނުކޮށް ހަވާލުވި ޒިންމާ އަދާކުރެއްވުމަށް ވެސް ޑރ ޖަމީލް ވަނީ ރައީސް މުއިއްޒަށް ގޮވާލާފައެވެ.

ޒިންމަ އަދާ ނުކުރެވޭނަމަ އެކަން ނުވިކަން ގަބޫލްކޮށް އިސްތިއުފާ ދެއްވުމަށް ވެސް ޑރ ޖަމީލް ވަނީ ގޮވާލައްވާފައެވެ.

މި ސަރުކާރުން އަންނަނީ ކުރީ ސަރުކާރެކޭ އެއްފަދައިން، ނޫސްތައް ގަނެގެން އެ ނޫސްތަކުގައި ސަރުކާރަށް ސަނާ ކިޔުއްވަމުންނެވެ.


ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved