ހުސައިން ޒިޔާދު / މަޖިލިސް
ސިޔާސީ
ބާރުތައް އޮތް ނަމަވެސް ފެންނަނީ ރައީސް މުއިއްޒު ގުޑުގުޑު އަޅާ މަންޒަރު: ފިއްޓޭ
Aishath Naja
އައިޝަތު ނަޖާ
06 ސެޕްޓެމްބަރު 2024
މާލެ ސިޓީ

ހުރިހާ ބާރުތަކެއް އޮތް އިރުވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ބިރުން ގުޑުގުޑު އަޅަމުންދާ މަންޒަރު ކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

ޒިޔާދު މިފަދައިން ވިދާޅުވެފައި ވަނީ އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަލްސާގައެވެ.

އެގޮތުން ޒިޔާދު ވިދާޅުވީ ރައީސް މުއިއްޒުއަށް ދައުލަތާއި ރައްޔިތުންގެ މަޖިލިސް އޮތް އިރު ވެސް ފެންނަނީ އަބަދު ބިރުން ގުޑުގުޑު އަޅާ މަންޒަރު ކަމަށެވެ.

އަދި އެކަން އެގޮތައް ދިމާވަނީ އިތުބާރު ނެތުމުން ވެގެން އުޅޭ ކަމެއް ކަމަށެވެ.

ޒިޔާދު އިތުރަށް ވިދާޅުވީ ދައުލަތުގައި ފައިސާ ނެތްކަމަކަށް ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ.

މި ސަރުކާރަށް 15 ބިލިއަން ރުފިޔާ ހަތް މަސް ދުވަސް ތެރޭގައި ލިބިފައިވާއިރު އެ ފައިސާ ރަނގަޅު ގޮތުގައި ބޭނުން ކުރަން ނޭނގުނު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved