February 26, 2026
Advertisement
ޕީއެންސީ ހަރުގެ ހުޅުވުން
ޕީއެންސީ ހަރުގެ ހުޅުވުން / ވަގުތު.އެމްވީ

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ވުޒާރާތަކަށް ފޯމު ފޮނުވަނީ!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 6, 2024, 05:33 PM
މާލެ ސިޓީ

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އަށް މެމްބަރުން އިތުރު ކުރުމަށް ސަރުކާރުގެ ވުޒާރާތަކަށް ފޯމު ފޮނުވަން ފަށަފައިވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

އެގޮތުން ރައީސް މުހައްމަދު މުއިއްޒުގެ ސީދާ އެންގެވުމަށް ސަރުކާރުގެ އެކި އެކި ވުޒާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުން ކޮންމެ ބޮލަކަށް ވަކި ވަރަކަށް ފޯމު ފުރުމަށް ވަނީ ހަވާލުކޮށްފައިކަން ތޭރަ އޮންލައިނަށް ވަނީ މައުލޫމާތު ލިބިފައެވެ.

ޖެންޑަރ މިނިސްޓްރީގައި މަސައްކަތްކުރާ ސިޔާސީ މުވައްޒަފަކު ނަން ހާމަނުކުރުމަށް އެދި ތޭރަ އޮންލައިންނަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ވުޒާރާގައި ތިބި ކޮންމެ ސިޔާސީ މީހަކަށް ބޮލަކަށް 50 ފޯމު ފުރަން ވަނީ ހަވާލުކޮށްފައެވެ. އަދި އެހެން ވުޒާރާތަކަށް ވެސް ވަނީ ޕީއެންސީގެ މެމްބަރޝިޕު ފޯމުތައް ފޮނުވާ އެ ފޯމުތައް ވަކި މުއްދަތެއްގެ ތެރޭގައި ފުރާ ނިންމުމަށް އަންގާފައިކަމަށް ވެސް އެ މުވައްޒަފު ވަނީ ކިޔަިދީފައެވެ.

ސަރުކާރުން މިކަން ދޮގު ކުރާނެ ކަމަށާ ނަމަވެސް މިއީ ހައްގު ތެދު ކަމަށް އޭނާ ވަނީ ބުނެފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ފޯމުތައް ފުރަން ވަރަށް މަސައްކަތްކުރާ ކަމަށާ ނަމަވެސް ރައްޔިތުން މިހާރު ޕީއެންސީއާ ގުޅެން ދެކޮޅު ހަދަމުންދާ ކަމަށެވެ. އެހެންކަމުން މިހާރު ސަރުކާރުން ވަޒީފާ ދެނީވެސް ޕީއެންސީއަށް ސޮއިކުރުމުން ކަމަށްވެސް އޭނާ ވަނީ ކިޔައިދީފައެވެ.

ޕީއެންސީއަށް މެމްބަރުން އިތުރުކުރުމަށް ދާދި ފަހުން ވަނި ސަރުކާރުގެ އިސްވެރިންނާ ކުންފުނިތަކުގެ ވެރިންވެސް އަތޮޅު ތެރެއަށް ދަތުރުކޮށްފައެވެ. ނަމަވެސް ވެރިކަމުގެ ކުރީކޮޅު ޕީއެންސީއިން ހަދަމުންދާ ގޯސްތައް ގިނަ ކަމުން ރައްޔިތުން ތިބީ އެވެރިން މަތިން ފޫހިވެފައިކަމަށް ގިނަ ބަޔަކު ބުނަމުން ގެންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved