March 24, 2026
Advertisement
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކުރި ޔޫސުފް އަބްދުލްގަފޫރު
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުން ވަކިކުރި ޔޫސުފް އަބްދުލްގަފޫރު / ރައީސް އޮފިސް

ދައުލަތުގެ ސްޓޭޓު މިނިސްޓަރަކު މަގާމުން ވަކިކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Sep 8, 2024, 06:29 PM
މާލެ ސިޓީ

ދައުލަތުގެ ސްޓޭޓު މިނިސްޓަރަކު މަގާމުން ވަކިކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި މަގާމުން ވަކިކޮށްފައިވަނީ، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔޫސުފް އަބްދުލް ޣަފޫރެވެ.

އޭނާ މަގާމުން ވަކިކޮށްފައިވަނީ ގާނޫނުން ރައީސަށް ލިބިދީފައިވާ ބާރުގެ ދަށުންނެވެ. ޔޫސުފް އަބްދުލްގަފޫރު މަގާމުން ވަކިކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. ނަމަވެސް ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަމެއް ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ހޯމް މިނިސްޓްރީގެ ވެބްސައިޓުން ދައްކާ ގޮތުން 6 ސްޓޭޓް މިނިސްޓަރަކު އެބަތިއްބެވެ. އަދި 17 ޑެޕިއުޓީ މިނިސްޓަރުން އެބަ ތިއްބެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ސްޓޭޓެއްގެ މަގާމާ އަދި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޔޫސުފް މަގާމުން ވަކިކޮށްފައި މިވަނީ ޚަރަދު ކުޑަކުރުމުގެ ސިޔާސީ މަގާމުތަކުން މީހުން ވަކިކުރާނެކަމަށް ސަރުކާރުން ހާމަކޮށްފައިވަނިކޮށްކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިން ވިދާޅުވީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށްވުރެ އިތުރު ނުވާނެ ކަމަށެވެ. ނަމަވެސް އެ އަދަދު މިހާރު ވަނީ 700 އަށްވުރެ މާބޮޑަށް ވެސް އިތުރުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved