May 8, 2026
Advertisement
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން / ސޯޝަލް މީޑިއާ

އިމިގްރޭޝަންގެ ޔުނީފޯމާއި އެއްގޮތް ޔުނީފޯމެއްގައި ސްކޭމް ހިންގަނީ، ސަމާލުވާން އެދެފި

Aishath Naja
އައިޝަތު ނަޖާ
Sep 9, 2024, 08:10 PM
މާލެ ސިޓީ

އިމިގްރޭޝަން ޔުނީފޯމްގައި ބަޔަކު ވީޑިއޯ ކޯލްކޮށް ސްކޭމްކުރާކަން ހާމަވެއްޖެ އެވެ.

Advertisement

މިކަން ހާމަވެފައި ވަނީ އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގެ ސަބަބުންނެވެ.

އިމިގްރޭޝަނުން ބުނީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ގައުމެއްގެ ނަންބަރުން އަންނަ ވީޑިއޯ ކޯލްތަކެއްގައި އިމިގްރޭޝަން ޔުނިފޯމް އާއި ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅައި އެމީހުންގެ ޒާތީ މައުލޫމާތާއި، ބޭންކު ކާޑުގެ މައުލޫމާތު ހޯދަމުންދާކަން އެ އިދާރާއަށް ވަނީ ފާހަގަކުރެވިފައި ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެއީ އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަގީންކަން ދޭ ކަމަށެވެ.

އަދި ސަމާލުވުމަށް ވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved