March 15, 2026
Advertisement
ޑރ ޖަމީލް އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

ޑރ.ޖަމީލް ގެ ސުވާލެއް ރައީސް މުއިއްޒަށް: ތިޔަ ބައްސަވަނީ ކޮންތަނަކުން ހޯދި މުއްސަނދިކަމަކުން ލިބުނު ފައިސާއެއްތޯ؟

Aishath Naja
އައިޝަތު ނަޖާ
Sep 12, 2024, 05:38 PM
މާލެ ސިޓީ

ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެމްބަރުންނަށް ރައީސް ޑރ މުހައްމަދު މުއިއްޒު ކޮންމެ މަހަކު ބައި ލައްކަ ރުފިޔާ ދެމުން ގެންދާތީ ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވަރުގަދަ ސުވާލެެއް އަމާޒުކުރައްވައިފި އެވެ.

Advertisement

ޑރ ޖަމީލް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާ ރައީސް މުއިއްޒު އެއްވެސް ކަމެއްގައި ތެދުވެރިކަމެއް ނެތީތޯ އައްސަވާފައެވެ.

ޕީއެންސީގެ މަޖިލިސް މެމްބަރުންނަށް ކޮންމެ މަހަކު ބައި ލައްކަ ރުފިޔާ ދެމުންގެންދާތީ، ބައްސަވަނީ ކޮންތަނަކުން ހޯދި މުއްސަނދިކަމަކުން ލިބުނު ފައިސާއެއްތޯ އައްސަވާ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒަށް ވަރުގަދަ ސުވާލެއް އަމާޒުކުރައްވާފައެވެ.

އިގްތިޞާދީ ގޮތުން އަނދަވަޅެއްގައި އޮވެ މުޅި ޤައުމު ބަނޑަށް ޖެހެން ދާއިރު ރައީސް މުއިއްޒު ވަރަށް ތިޔާގިކަމަށް ޑރ ޖަމީލް ވަނީ ޕޯސްޓްގައި ވިދާޅުވެފައެވެ.

ލަދެއް ނެތި ރިޝްވަތު ބެހުން، ޤައުމިއްޔަތުގެ ފިލާވަޅެއްގެ ގޮތުގައި މުޅި ރާއްޖެއަށް ދަސްކޮށްދޭންވާނެ ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒުގެ އެ އަމަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved