May 3, 2026
Advertisement
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ
ޕީއެންއެފް ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝައުގުވެރިވާ ކެންޑިޑޭޓުން ތައާރަފްކުރުމަށް ބޭއްވި ޖަލްސާ / މިސްބާހް | ތޭރަ އިމޭޖްސް

ރައީސް މުއިއްޒު މީހުން ގެންގުޅެނީ ޓިޝޫ ގެންގުޅޭހެން: ހުސައިން ވަހީދު

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 30, 2024, 05:22 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މީހުން ގެންގުޅެމުން ދަނީ ޓިޝޫ ގެންގުޅޭހެން ކަމަށް ވިދާޅުވެ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

ހުސައިން މިފަދައިން ވިދާޅުވެފައިވަނީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އަލަށް އުފައްދަވާފައިވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރަންޓް ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ކެންޑިޑޭޓުން ތައާރަފް ކުރުމަށް ބޭއްވުނު ޖަލްސާގައި މުހާޠަބު ކުރައްވާ ވާހަކަދައްކަވަމުންނެވެ.

އެގޮތުން ހުސައިން ވިދާޅުވީ، ކުރިން އަބްދުއް ރަހީމް އަބްދުﷲ ( އަދުރޭ)، ރައީސް ޔާމީނަކީ ޓިޝޫ ގެންގުޅޭ އުސޫލުން މީހުން ގެންގުޅޭ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު ފެންނަމުންދާ މަންޒަރުތަކުން ހާމަވެގެންދަނީ، އަދުރޭ މެންގެ ސަރުކާރުގެ ރައީސް، ރައީސް ޑރ.މުއިއްޒު އެފަދައިން ކަން ކުރައްވާ މަންޒަރުކަމަށް ހުސައިން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުުރުން ރައީސް މުއިއްޒަކީ ފެންނަ ފެނުމަށް ހުންނަ ގޮތާއި އަމަލާއި ވަރަށް ތަފާތު ބޭފުޅެއް ކަމަށްވެސް ހުސައިން ވަނީ ސިފަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved