March 23, 2026
Advertisement
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ
ރައީސް ޔާމީން ޖަލްސާގައި ވާހަކަދައްކަވަނީ / ތޭރަ އޮންލައިން

އިލްމީ ކެބިނެޓެއް ފެންނާނެ ކަމަށް ބުނި އިރު ފެނިގެންދިޔަ ކެބިނެޓުންވީ "ޑިސަޕޮއިންޓް": ރައީސް ޔާމީން

Aishath Naja
އައިޝަތު ނަޖާ
Sep 13, 2024, 03:16 AM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ކެބިނެޓް ވެގެންދާނީ އިލްމީ ގާބިލް ވެރިން ތިބޭ ކެބިނެޓަކަށް ކަމަށް ވިދާޅުވެ އެކުލަވާލި ކެބިނެޓް ފެނިގެންވީ "ޑިސަޕޮއިންޓް" ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ފްރޮންޓް އޮފީހުގައި އޮތް ޖަލްސާގައި ވާހަކަދައްްކަވަމުންނެވެ.

އެގޮތުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ސަރުކާރު ވެރިކަމަށް ވަޑައިގެންނަވަމުން ވިދާޅުވީ އެންމެން ސިއްސައިގެން ދާވަރުގެ، ވަރުގަދަ ކެބިނެޓެއް އެކުލަވާލާނެ ކަމަށެވެ. އެހެންނަމަވެސް ކެބިނެޓް ފެނިފައިވީ މާޔޫސް ކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ އެފަދައިން ބުނި ނަމަވެސް ކެބިނެޓްގައި ރަނގަޅު ވަޒީރުން ވެސް އެބަތިބި ކަމަށެވެ.

ކެބިނެޓަށް ނަޒަރު ހިންގާލުމުން ވެސް ދޭހަވަނީ ސަރުކާރުން ތައުލީމަށް އަހަމިއްޔަތުކަން ނުދޭވަރު ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުވިދާޅުވެފައެވެ.

މުއިއްޒު ސަރުކާރު ވެރިކަމަށް ވަޑައިގެންނަވަމުން ވިދާޅުވީ އެންމެން ސިއްސައިގެން ދާވަރުގެ، ވަރުގަދަ ކެބިނެޓެއް އެކުލަވާލާނެ ކަމަށް. ކެބިނެޓް ފެނިފައި ވީ ޑިސަޕޮއިންޓް.

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ސިޔާސި މަގާމްތަކަަށް އެމްބަސީތަކަށް ފޮނުވާފައި ތިބި ގިނަ ފަރާތްތަކަކީ ވެސް އެއްވެސް ތައުލީމެއް ނެތް ފަރާތްތަކެއް ކަމަށެވެ.

އެ ފަރާތްތަކަކީ އެހެން ގައުމުތަކާ ކުރިމަތިލާ މީހުން ކަމަށާއި އެއީ މޫނު ބަލާ ލޯގަނޑުތަކަކަށްވާއިރު އެ މީހުންނަކީ ނާގާބިލް މީހުންނަށް ވީމާ ލަދުގަންނަން ޖެހެނީ ދިވެހި ރައްޔިތުން ކަމަށް ވެސް ރައީސް ޔާމީން ވިދަޅުވެފައެވެ.

ރައީސް ޔާމީން ވަނީ ތަކުރާރުކޮށް ސަރުކާރުގައި ގާބިލް މީހުން ނެތުމުން އެކަން ފާހަގަކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved