March 23, 2026
Advertisement
ލޯޔަރ އާސިފް
ލޯޔަރ އާސިފް / ތޭރަ އޮންލައިން

ރާއްޖެ މިދަނީ ރިޝްވަތުގެ އަވާގައި ޖައްސައި ޚަރާބުގެ މަގަށް ދަތުރުކުރުވަމުން: އާސިފް

Mariyam Isaadha
މަރިޔަމް އިސާދާ
Sep 16, 2024, 01:20 AM
މާލެ ސިޓީ

ދިވެހީންގެ ރާއްޖެ މިދަނީ ރިޝްވަތުގެ އަވާގައި ޖައްސުވާ ޚަރާބުގެ މަގަށް ދަތުރުކުރުވަމުން ކަމަށް ގާނޫނީ ވަކީލު އަލްއުސްތާޛު އާދަމް އާސިފް ވިދާޅުވެއްޖެއެވެ.

Advertisement

އާސިފް މިފަދައިން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ އޮތް ޕީއެންއެފް ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އާސިފް ވިދާޅުވީ، ރާއްޖޭގެ ވެރިކަން އެތައް ބޭފުޅުން ކުރައްވާ ދިގު މާޒީއެއް ވެރިކަމުގައި އޮތް އިރު، އަދުގެ ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުްނ ގެންދަވާހާ ހުތުރު ކަންކަން ކުރެއްވި ވެރިއަކު ރާއްޖެ ދެކެފައި ނުވާކަމަށެވެ.

އެގޮތުން މިހާރު ރައީސުލްޖުމްހޫރިއްޔާ މަޖިލިސް ޕީއެންސީ މެމްބަރުންނަށް ބައްސަވަނީ، ރިޝްވަތުގެ ފައިސާ ކަމަށާ ފައިސާއިން މަޖިލިސް މެމްބަރުން ގަތުމުން ދައުލަތުގެ ބާރުތަކުން އެއް ބާރު އަނެއް ބާރަށް ފާރަވެރިވާން އޮންނަ އޮތުމަށް ނުފޫޒު ފޯރުވަނީކަމަށް ބުނެވޭނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މެމްބަރުންގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދާނެ ޖާގަ ތަނަވަސްވެގެން ދާކަން ވެސް އާސިފް ފާހަގަކުރެއްވިއެވެ.

ދިވެހިން ފެހި ގާނޫނު އަސާސީއެއް ވުޖޫދަށް ގެނައީ ބާރުތައް ވަކިކޮށްފ. ވެރިކަން ހިންގާ ބާރާ ގާނޫނު ހެދުމުގެ ބާރާ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރު ވެސް ވަކިކޮށްފަ. އަދި މިބާރުތަކުގެ މައްޗަށް ފާރަވެރިވާން ޗެކު އެންޑް ބެލެންސެއް، މިނިވަން މުއައްސަސާތަކެއް، އެންޓި ކޮރަޕް ކޮމިޝަން ފަދަ މުސްތަގިއްލު ބޮޑީސްތައް ހަދާފަ. މިއި ވަރަށް ފުރިހަމަ ތައްޔާރުކޮށް، ވެރިކަން ކުރާ ފަރާތުން ގޯހެއް ހެދިޔަސް އެކަންކަން ބެލޭ ގޮތަށް. އެކަމު ހަގީގަތުގަ މިހާރު ރާއްޖެ މިދަނީ ޚަރާބުގެ މަގަށޭ އަޅުގަޑަށް ފާހަގަވަނީ. އެއީ އަދިއެއް ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ފަރާތުން ފެނިގެން ނުދާކަންކަން މިދަނީ ފެންނަމުން މިހާރު. މިގޮތަށް ވެރިކަމުގެ ބާރުގެ ތެރެއިން މަޖިލިސް މެމްބަރުންނަށް ފައިސާއެއް ނުދެވޭނެ. އެދެވނީ ރިޝްވަތު.

އާސިފް

އާސިފް އިތުރަށް ވިދާޅުވީ، އާސިފް ވިދާޅުވީ މެމްބަރުންނަކީ ސަރުކާރުން ހަދާ ގޯސްތައް ރަނގަޅު ކުރުމަށް، ސަރުކާރުު ޖަވާބުދާރީ ކުރުވުމަށް ތިބެން ޖެހޭ ބައެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved