April 18, 2026
Advertisement
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް
ބޮމުގެ ހަމަލާއަކަށް ފަހު ނަގާފައިވާ ފޮޓޮއެއް / ސޯޝަލް މީޑިއާ

އިސްރާއީލުން ޣައްޒާގެ މީހުން ދިރިއުޅޭ އިމާރާތަކަށް ވައިގެ ހަމަލާތަކެއް ދީފި

Aishath Naja
އައިޝަތު ނަޖާ
Jan 30, 2024, 06:54 PM
މާލެ ސިޓީ

ރިޕޯޓްތަކުން ބުނާ ގޮތުގައި ނިރުބަވެރިން ވައިގެ ހަމަލާތަކެއް ދީފައިވަނީ ޣައްޒާގެ ކައިރީގައި އޮންނަ ސަބްރާ ސަރަހައްދުގައި ހުރި އިމާރާތަކަށެވެ.

ނިރުބަވެރިން މިފަދަ ހަމަލާއެއް ދިން ނަމަވެސް ހަމަލާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ބަޔަކަށް ލިބުނު އަނިޔާއެއްގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ނިރުބަވެރި އިސްރާއީލުން ޣައްޒާގެ އެކި ސަރަހައްދުތަކަށް ހަމަލާދެމުން އަންނައިރު، އާންމުން ދިރިއުޅޭ އިމާރާތްތަކަށް ވެސް އިމާރާތްތަކުގައި އާންމުން ތިބޭއިރު ވެސް އަންނަނީ ހަމަލާތައް ދެމުންނެވެ.

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ އެތައް ހާސް އިމާރާތްތަކެއް ސުންނާފަތިވެފައިވާއިރު، އެތަކެއް ރައްޔިތުންނެއް ވަނީ ހާލުގައި ޖެހިފައެވެ.

މިހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 26،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، 60،000 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ލިބިފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved