March 23, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ރައީސް ޔާމީނަށް ކުރާ އަނިޔާއާއެކު ޑރ.ޖަމީލް ހަނދާން އައުކުރެއްވީ ރައީސް އަމީނަށް ކުރި އަނިޔާ!

Aishath Naja
އައިޝަތު ނަޖާ
Sep 16, 2024, 06:16 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކުރާ އަނިޔާއާއެކު، ރައީސް އަމީނަށް ކުރި އަނިޔާގެ މަތިން ހަނދާން އައުވާކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް، ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ޔާމީން ފްރޭމުކޮށް އެމަނިކުފާނުގެ މައްޗަށް އާރަށުގެ މައްސަލައިގައި އުފުލި އަޑުއެހުން ނިންމަވާލެއްވުމަށްފަހު މީޑިޔާއަށް ދެއްވި އިންޓަވިޔުއެއްގައެވެ.

އެގޮތުން ޑރ ޖަމީލް ވިދާޅުވީ ނިމިދިޔަ ފަސް އަހަރުގައި ވެސް އަދި މި ފަސްއަހައަހަރުގައި ވެސް އެމްއެމްޕީއާރްސީ މައްސަލައިގައި ހަމައެކަނި ރައީސް ޔާމީން ގެންދަންޏާ އެއީ ހަމަޖެހޭ ވާހަކައެއް ނޫންކަަމަށެވެ.

އޭގެއިތުރުން ނިމިދިޔަ އަހަރުގެ މިހާ ހިސާބުގައި ކުރިޔަށްދިޔަ ރިޔާސީ އިންތިޚާބްގެ ތެރެއިން ކުރިޔަށްދިޔަ ރިޔާސީ ބަހުސްގެ ތެރެއިން އަދުގެ ރައީސް މުއިއްޒު ވިދާޅުވި ފަދައިން ރައީސް ޔާމީންގެ މައްޗައެް ހަމަ އެ ކުރެެވެނީ ސިޔާސީ ދައުވާއެއްް ކަމަށާއި ސިޔާސީ ދައުވާއެއް ނުކުރެވެންޏާ އެމަނިކުފާނު މިނިވަންވާނެ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ.

ޕީޕީއެމް، ޕީއެންސީ ޕީއެންއެފްގެ ލޮބުވެތި ރައްޔިތުންނަށް ދަންނަވާލާނީ އަޅުގަނޑެމެންނަށް ދައްޗޭ ބަލަން މި ޑްރާމާ.

ޑރ ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް އިތުރަށް ވިދާޅުވީ ފަހުގެ ތާރިހުގައި މި ނޫނީ ވެރިޔަކަށް އަނިޔާވެރިވި މަންޒަރެއް ނުފެންނަކަމަަށާއި ހަނދާނަަށް އަންނަނީ ރައީސް އަމީނަށް ކުރި އަނިޔާގައި އެމަނިކުފާނު އަވަހާރަވެގެން ދިޔަ މަންޒަރުކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ޔާމީނަށް ކުރީ ސަަރުކާރުން ކުރީ ސިޔާސީ ދައުވާއެކޭ ކިޔާފައި އަޑުގަދަ ކުރި ވެރިން މިއަދު ވެރިކަމުގައި ތިބެ އެ އަނިޔާ ތަކުރާރު ކުރަމުން ގެންދާތީ ޑރ ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved