March 13, 2026
Advertisement
ޑރ ޖަމީލް
ޑރ ޖަމީލް / ތޭރަ އޮންލައިން

ސިޓީތައް ހިފައިގެން ދަތުރު ކުރުމަކުން، ފޮށި ފުރާ ފައިސާ ދޭނެ ޤައުމެއް ނެތް: ޑރ. ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Sep 18, 2024, 06:02 PM
މާލެ ސިޓީ

ގައުމުގެ އިގްތިސޯދީ ހާލަތު ނުހަނު ނުކިސިޔާރުކޮސް އިއްވާ އެހީ ހޯދުމުގެ ނަމުގައި ދައުލަތުގެ ވަޒީރުންނާ އިސްވެރިން އެކި ގައުމުތަކަށް ދަތުރު ކުރައްވާތީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

Advertisement

ޑރ. ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމަށް މިވަގުތު މުހިއްމީ ހަރުދަނާ ފިޔަވަޅު އަޅުއްވައި ކުރިމަތީގައި އޮތް ބޮޑު އިޤްތިސާދީ ނުރައްކަލުން ސަލާމަތްވުން ކަމަށެވެ.

އޭގެ ބަދަލުގައި ސިޓީތައް ހިފައިގެން ދަތުރު ކުރުމަކުން، ފޮށި ފުރާ ފައިސާ ދޭނެ ޤައުމެއް ނެތްކަމަށް ވިދާޅުވެ ޑރ. ޖަމީލު އިތުރަށް ވިދާޅުވެފައިވަނީ، ވަޒީރުންނާ، ރައްޔިތުންގެ މަޖްލިސް މެމްބަރުންގެއާ، ބޭރު އެމްބަސީތައް މުސާރައިގެ 20 ޕަސެންޓްވަރު ކުޑަކުރެއްވުމަކީ ސަރުކާރުން އިސް ނަންގަވައިގެން ކުރެވިދާނެ ކަންކަން ކަމަށެވެ

މީގެ އިތުރުން މަޖިލިސް ރައީސް ހުންނަވަން ވަކި ގެކޮޅެއް ހައްދަވާ ދައުލަތުގެ ފައިސާއިން ކުރާ އިސްރާފު ޚަރަދު ވެސް އެ ގެކޮޅު އުވާލައްވައިގެން ސަލާމަތް ކުރެވިދާނެ ކަން ފާހަގަކުރައްވާ ޑރ. ޖަމީލު ވަނީ މިއީ ރައީސް ޑރ. މުުހައްމަދު މުއިއްޒު ގައުމުގެ އިގްތިސޯދީ ހާލަތާ އަދި މާލީ ހާލަތާ މެދު ވިސްނަވާ މިންވަރު ރައްޔިތުންނަށް ހާމަކޮށްދެއްވާ އެކަންކަމާ މެދު ރައީސް މުއިއްޒުގެ ސީރިއަސްކަން ރައްޔިތުންނަށް ފެންނަން ވީވަގުތު ކަމަށް ވެސް ވިދާޅުވެފައެވެ.

ޑރ. ޖަމީލި ޕޯސްޓު ނިންމަވާ ލައްވަމުން ވަނީ ދިވެހިންނަށް އޮތީ ދިވެހީންގެ އޮޑި ފެތޭ ތަން ބަލަން ތިބުންތޯ އައްސަވާ ސުވާލެއް ކުރައްވާފައެވެ.

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖޭގެ މާލީ ހާލަތު ދަށްވެ ދެ ފަހަރެއްގެ މަތިން ފިޗުން ވަނީ ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައެވެ. އަދި ދާދި ފަހުން މޫޑީސް އިން ވެސް ވަނީ ރާއްޖޭގެ ކްރެޑިޓު ރޭޓިން ދަށްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved