ގައުމުގެ ވެރިން ފިލްމު ކުޅެން އުޅޭއިރު ދިވެހި ރައްޔިތުންގެ އަސާސީ ހައްގުތައް ކަށަވަރުކޮށްނުދެވޭކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ދަ ފްރޮންޓު އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ހުރިހާ ޒާތެއްގެ ފިލްމު ކުޅެން ގައުމުގެ ވެރިން އުޅޭއިރު ރައްޔިތުން ތިބީ ބިކަވެ މާޔޫސްވެފައި ކަމަށާ ރައްޔިތުންނަށް ގޮތް ހޯދައިދިނުމުގެ ބަދަލުގައި ވެރިން ގެންދަނީ ފިލްމުކުޅެވޭތޯ ބަލަން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އެގޮތުން ރައީސް ޔާމީން ވަނީ ރިޔާސީ އިންތިހާބުގެ ދުވަސްވަރު ރައްޔިތުންނަށް ވީ ވައުދަކީ ސޯޝަލް އެގްރިމަންޓެއްކަމަށްވީ ނަމަވެސް އެކަންކަން ފުއްދަން ސަރުކާރުން މަސައްކަތް ނުކުރާކަން ވެސް ފާހާގަކުރައްވާފައެވެ.
ދެން މިފެންނަނީ މިޙާރުވެސް އެކި ކަންކަމުގައި ވައުދުވަނީ ހަމަ ވައުދު ވަނީ، އެހެން ނަމަވެސް ވައުދާ ޚިލާފުވަމުން ހަމަ ގެންދަވަނީ. އެއީ ވަކި ރައީސުލްޖުމްހޫރިއްޔާއާ ހަމައިން އެކަންޏެއް ނޫން. ވަޒީރުންނާ ހަމައިން ވެސް އެކަން އޮތީ ހަމަ އެހެން. މިހާރު ރާއްޖެއަކީ ހޮލީވުޑް، ބޮލީވުޑް އަދި ފްލައިވުޑް ފިލްމު ކުޅޭ ތަނަކަށް ވެއްޖެ. ހުރިހާ ވައްތަރެއްގެ ފިލްމު ކުޅޭ ތަނަކަށް ދިވެހިރާއްޖެ މިހަދަނީ. އެކަމަކު މިއުޅެނީ ރައްޔިތުންގެ ބޭސިކްސް ހޯދައި ނުދެވިގެން
ރައީސް ޔާމީން ވަނީ ޕީޕީއެމް ޕީއެންސީއިން ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކުގެ ތެރެއިން ގޮނޑީގެ ފުރުސަތު ލިބުމުގެ އިތުރަށް އެހެން އެއްވެސް ވާހަކައަކަށް އިހުތިރާމު އަދާކޮށްފިތޯ އައްސަވާ ސުވާލެއް އަމާޒުކުރައްވާފައެވެ.