March 22, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

ބީއެމްއެލް ސިޔާސީކޮށް ހަދަމުންދާ ގޯސް ގަވަރުނަރު ހުއްޓުވަން ޖެހޭ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Sep 20, 2024, 06:47 PM
މާލެ ސިޓީ

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)، ސަރުކާރުން ސިޔާސީ ކުރަމުންދާއިރު ގަވަރުނަރު އަހުމަދު މުނައްވަރު އެކަން ހުއްޓުވަންޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕިއެންއެފް އޮފީހުގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، ބީއެމްއެލް ސިޔާސީ ކުރަމުން ސަރުކާރުން ގެންދާތީ ކަންބޮޑުވުމާ ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ބީއެމްއެލް ސިޔާސީ ކުރަމުންދާއިރު އެކަން ހުއްޓުވުމަކީ މުނައްވަރުގެ ވާޖިބެއް ކަމަށާއި ނޫން ނަމަ ޖެހިވަޑައިގަންނަވާނީ އިސްތިއުފާ ދެއްވުމަށްފަހު ގެއަށް ވަޑައިގަންނަން ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް ހަބޭހަށް އެ ޕޮލިޓިސައިޒް އެ ކުރަނީ. މިކަން ގޯސް. މިއީ ހަމަ ބޮޑު ގޯހެއް. ސެންޓްރަލް ބޭންކުގެ ގަވަރުނަރަކަށް އެ ހުރީ މިކަންކަން އެނގޭ ވަރުގެ މީހެއް. މުނައްވަރު އެ ހުރީ އެނގޭތޯ. އޭނަ އެބަޖެހޭ މިކަން ހުއްޓުވަން ނޫނިއްޔާ މަގާމުން ދުރަށްދާން، މިކަހަލަ ކަމެއްގައި އުޅޭކަށް ނުޖެހޭނެ އިނގޭތޯ. ޕޮލިޓިސައިޒް ނުކުރޭ ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަން ބޭންކިން އިންޑަސްޓްރީ ކަހަލަ ތަންތަނަކީ. އެކަމަކު އެ ތަންތަން އެ ޕޮލިޓިސައިޒް ކުރަނީ. ދެން ހުރިހާ ގަވަނަންސް ލޯސް، ކޯޕަރޭޓް ގަވަނަންސް ލޯސްއާ ހިލާފަށް މިކަން މި ކުރަނީ.

ރައީސް ޔާމީން

ރައީސް ޔާމީން ވަނީ މާލީ ބަގާވާތެކޭ ކިޔާ ބިއެމްއެލްގެ އިތުބާރު ރައްޔިތުން ކުރިމަތީ ގެއްލުވާލީތާ ތިން ހަފްތާ ވެގެން ދިޔައިރުވެސް އެއްވެސް މީހަކާ އެކަމުގައި ސުވާލުކޮށް ބަޔާން ނަގާފައި ނުވާތީ އެކަމާ މެދު ސުވާލު އުފައްދާވަފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved