April 7, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

ހުރިހާ ސްކޫލެއް އޭސީ ކުރުމުގެ ވައުދު ފުއްދަން ޖެހެނީ ބެލެނިވެރިންގެ ޖީބުން.

Aminath Zara
އައިމިނަތު ޒާރާ
Sep 21, 2024, 04:27 PM
މާލެ ސިޓީ

ތައުލީމީ ދާއިރާ ކުރިއަރުވާ، ދަރިވަރުންނާއި މި ދާއިރާގައި އުޅުއްވާ ބޭފުޅުންގެ ލާބަ އާއި މަންފާއަށް ގިނަ ގުނަ މަސައްކަތްތައް ކޮށްދެއްވާނެކަމަށް މި ސަރުކާރުންވަނީ ވައުދު ވެ ވަޑައިގެންފައެވެ.

Advertisement

މިގޮތުން، ހުރިހާ ސްކޫލްތަކެއްގައި އޭސީ ހަރުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ފެނިގެންދަނީ އެހެން ވައުދުތަކެކޭ އެއްގޮތަކަށް ތާކުން ތާކު ނުޖެހޭ ވައުދަކަށް މިކަންވެސް ވެގެން ދިޔަ ތަނެެވެ.

ބެލެނިވެރިންގެ ޖީބުން ބޮޑެތި ޚަރަދުކޮށް ކޮންމެ ކްލާސްރޫމްއެއްގައި އޭސީ ހަރުކުރަމުންދާ މަންޒަރެވެ.

މީގެ ކުރިންވެސް ޖަމާލުއްދީން ސްކޫލް ކްލާސްރޫމްތަކުގައި ބެލެނިވެރިން ޚަރަދުކޮށްގެން އޭސީ ހަރުކުރުމާއި އެކު ރައްޔިތުންގެ ނުރުހުންތަކާއި ގުޅިގެން ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް، މަޖީދިއްޔާ ސްކޫލުގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކުރުމަށް ބެލެނިވެރިން ޚަރަދު ކުރަން ޖެހުމުން އަނެއްކާވެސް ސޯޝަލް މީޑިއާގައި މި ފަރާތްތަކުގެ ނުރުހުން ސަރުކާރަށް ވަރަށް ބޮޑަށް އަމާޒުވަމުން އެބަދެއެވެ.

އޭސީ ނޫނަސް ސްކޫލްތަކަށް ބޭނުންވާ މިފަދަ ޒަރޫރީ ބޭނުންތަކަށް ބެލެނިވެރިން ބޮޑެތި ޚަރަދުކުރަންޖެހޭ ތަން ދަނީ ފެންނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved