
ސަހްޔޫނީންނަށް ވާގިވެރިވާ ކުންފުނީގެ އުފެއްދުމެއްކަމަށްވާ "ކޮސްޓަރ" ބްރޭންޑްގެ ކޮފީ ޕްރޮމޯޓްކޮށްގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ހޫނު ފެނަށް ވެއްޓިއްޖެއެވެ.
އދގެ 79 ވަނަ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގެން ދުބާއި އެއާޕޯޓްގައި ޓްރާންސިޓް ކުރައްވައިގެން އިނދެ "ކޮސްޓާރ" ބްރޭންޑްގެ ކޮފީއެއް ބޯ މަންޒަރުގެ ވީޑިޔޯއެއް ރައީސް އޮފީހުގެ ވެބްސައިޓުން ވަނީ އާންމުކޮށްފައެވެ.
މި ވީޑިޔޯ އާންމުވުމުން މީސްމީޑިޔާގައި ގިނަ ބަޔަކު އަންނަނީ ރައީސް މުއިއްޒުގެ އެ އަމަލު ކުށްވެރިކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އެންމެ ފުރަތަމަ ދީނޭ ކިޔައިގެން ވެރިކަމަށް އައުމަށްފަހު ފެނިގެންދަނީ އިސްލާމް ދީނާ ގުޅުންހުރި އެތައް ކަމެއްގައި ފަހަތު ފަޔަށް ބުރަވާ މަންޒަރެވެ.
އެގޮތުން ސަހްޔޫނީންގެ ޕާސްޕޯޓް މަނާނުކޮށް މަޖިލީހުގައި ޕާކްކޮށްފައި އޮންނަތާ މިއަދަށް 103 ދުވަސް މިވަނީ ވެފައެވެ.
އާންމުން މަގުތަކަށް ނިކުމެ ސަހްޔޫނީންގެ ޕާސްޕޯޓާއި އެމީހުންނަށް ވާގިވެރިވާ ކުންފުނިތަކުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގޮވާލަމުން އަންނަ އިރު ވެރިޔާ ފެނިގެން މިދިޔައީ ސަހްޔޫނިންނަށް ވާގިވެރިވާ ކުންފުންޏެއްގެ ކޮފީ ޕްރޮމޯޓް ކުރާ މަންޒަރެވެ.
ގިނަ ބަޔަކު ރައީސް މުއިއްޒުގެ މި އަަމަލު ސިފަކުރައްވަމުންދަނީ "ފަލަސްތީނުގެ ރައްޔިޔުންގެ މޫނުމަތީ ޖެހި ތަފާލެެއްގެ" ގޮތުގައެވެ. ރައިސް މުއިއްޒު ބޮޑެތި މަހާސިންތާތަކުގައި ފަލަސްތީނުގައި ސަހްޔޫނީން ހިންގަމުން އަންނަ ގަތުލްއާންމު ހުއްޓާލުމަށް ގޮވާލާފައި އެވަނީ ދެއްކުންތެރިކަމުގެ ބޭނުމުގައި ކަމަށް ވެސް ގިނަ ބަޔަކު ބުނެއެވެ.










