March 11, 2026
Advertisement
ޑރ. ޖަމީލު
ޑރ. ޖަމީލު / ތޭރަ އޮންލައިން

ޑރ. ޖަމީލު ރައީސް މުއިއްޒަށް: ދުރާލާ ޑައިރެކްޓްކޮށްގެން ތިގޮތަށް އުޅެނީ ޖޯކުކުޅޭ އެކްޓަރުން!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 23, 2024, 02:19 AM
މާލެ ސިޓީ

ރައީސް މުހައްމަދު މުއިއްޒު އުޅުއްވަނީ ކޮމެޑީ ފިލްމު ކުޅޭ އެކްޓަރުން އުޅޭ ގޮތަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޑރ. ޖަމީލު ވިދާޅުވީ ފެންނަމުން ދަނީ ރަނގަޅަށް ޑައިރެކްޓްކޮށް ޑައިލޮގުން ތަންކޮޅެއް ވެެއްޓިދާނެތީ ރައީސްއުޅުއްވަ މަންޒަރު ކަމަށާ އެއީ ވަރަށް ލަދުވެތި މަންޒަރެއް ކަމަށެވެ.

މީގެ އިތުުރުން ގައުމުގެ ހާލަތު ވަރަށް ދަށްކޮށް އޮއްވާ އދއަށް ތަގުރީރުކުރަން ރައީސް މުއިއްޒު ވަޑައިގެންނެވުމުންވެސް ޑރ.ޖަމީލު ވަނީ ފާޑުވިދާޅުވެފައެވެ.

އރގޮތުން އދ.އަށް ދިއުމަކީ ރަމްޒީ ކަމެއް ކަން ފާހަގަކުރައްވާ ޑރ. ޖަމީލުވަނީ އދ އަކީ ޤައުމުގައި މިވަގުތު ހުރި ބޮޑެތި އެއްވެސް ކަމަކަށް ޙައްލެއް ހޯދައިދެވޭނެ ތަނެއް ނޫންކަން ފާހަގަކުރައްވާފައެވެ.

އެގޮތުން ގައުމުގެ ޒުވާނުން ކުރިމަތީވެސް ރައީސް މުއިއްޒު އެ ދަތުރުފޅާ ގުޅޭ ގޮތުންވެސް ހެއްދެވީ ހަމަ ދޮގު ކަމަށް ވިދާޅުވެ ޑރ ޖަމީލު ވިދާޅުވެފައިވަނީ ފެންނަނީ ވަރަށް ޑެސްޕަރޭޓްކޮށް، ދުރާލާ ޑައިރެކްޓްކޮށްގެން ރައީސް މުއިއްޒު އެކްޓު ކުރައްވާ މަންޒަރު ކަމަށާ އެފަދަ ގޮތަކަށް އުޅެނީ ޖޯކު ކުޅޭ ނުވަތަ ކޮމެޑީ ބައި ކުޅޭ އެކްޓަރުން ކަމަށާ އެއީ ޤައުމުގެ ރައީސުން އުޅޭ ގޮތް ނޫންކަމަށް ވެސް ޑރ. ޖަމީލު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved