April 8, 2026
Advertisement
ރައީސް މުއިއްޒު އދ ގައި ތަގްރީރުކުރައްވަނީ
ރައީސް މުއިއްޒު އދ ގައި ތަގްރީރުކުރައްވަނީ / ރައީސް އޮފިސް

ފަލަސްތީނުގައި ހިންގަނީ ގަތުލް އާންމެއްކަމަށް ވިދާޅުވެ ރައީސް މުއިއްޒު ތަގްރީރު ކުރެއްވީ ދުނިޔޭގެ ސަމާލުކަން ހޯދެއްވުމަށް!

Aishath Naja
އައިޝަތު ނަޖާ
Sep 23, 2024, 07:43 PM
މާލެ ސިޓީ

އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައި އިދާރާގައި މިހާރު ކުރިއަށްދާ "ސަމިޓް އޮފް ދަ ފިއުޗާ" ގައި ކުރެއްވި ތަގުރީރުގައި ފަލަސްތީނުގައި ހިންގަނީ ގަތުލް އާންމެއްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ދުނިޔޭގެ ސަމާލުކަން ހޯދުމުގެ ބޭނުމުގައިކަން ހާމަވެއްޖެއެވެ.

Advertisement

ރައީސް މުއިއްޒު ތްގަރީރުކުރައްވަމުން ވިދާޅުވީ ކުރިމަގުގެ ޖީލުތަކުން ބޭނުންވަނީ ގައްޒާގައި ހިނގަމުންދާ ނަސްލުހޭދަ ހުއްޓުވައި ފަލަސްތީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދޭނެ ހިތްވަރު ހުރި ދުނިޔެއެއްކަމަށެވެ.

ބޮޑެތި މަހާސިންތާތަކުގައި ފަލަސްތީނުގައި ސަހްޔޫނީން ހިންގަނީ ގަތުލް އާންމެއް ކަމަށް ބުނެ ރައީސް މުއިއްޒު ތަގްރީރުކުރައްވާއިރު، ސަހްޔޫނީން ރާއްޖެ އެތެރެވިޔަ ނުދިނުމަށްޓަކައި އެމީހުންގެ ޕާސްޕޯޓް މަނާނުކޮށް އޮންނަތާ މިހާރު 100 އެތައް ދުވަހެއް ވަނީ ވެފައެވެ.

ފަލަސްތީނަށްޓަކައި ކުރެވެން އޮތް ކުޑަ ކުޑަ ކަމެއް ކުރުމުގައި ފަހަތުފަޔަށް ބުރަވާ ވެރިޔަކު ދުނިޔޭގެ ސަމާލުކަމަށް ފަލަސްތީނުގެ ވާހަކަތައް ދެއްކުމަކީ ދެރަވަރުގެ ކަމެއްގެ ގޮތުގައި ގިނަބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

އޭގެއިތުރުން ފަލަސްތީނުގައި ގަތުލްއާންމު ހިންގާ "ސަހްޔޫނީން"ނަށް ވާގިވެރިވާ ކުންފުނީގެ އުފެއްދުމެއްކަމަށްވާ "ކޮސްޓަރ" ބްރޭންޑްގެ ކޮފީއެއް ބޯން ރައީސް މުއިއްޒު އިންނެވި މަންޒަރުވެސް ވަނީ ދާދި ފަހުން ރައީސް އޮފީހުން އާންމުކޮށްފައެވެ. އޭގެން ވެސް ދޭހަވަނީ ސަހްޔޫނީން ރުއްސުމަށް ކޮންމެފަދަކަމެއް ކުރުމަށް ވެސް އެމަނިކުފާނު ޖެހިލުންނުވާނެކަމެވެ. ރައީސް މުއިއްޒުގެ މި އަމަލަކީ ސީދާ އެ މައުސޫމް މުސްލިމް އަހުންނާއި އަހުތުންގެ މޫނުމަތީ ޖެހި ތަފާލެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ މީސްމީޑިޔާގައި ސިފަ ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved