އދ އަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެތަނުގެ ވެރިންނަށް ލެކްޗަރދެއްވުމުން ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް މިފަދައިން ވިދާޅުވެފައި ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ނިހާޔަތަށް ބޮޑާވެ ދެ އަތުން ދެ ފޮތް ހިފައިގެން އ.ދ.ގައި ވެރިންނަށް ލެކްޗަރ ދީނީ ކުލާސް ރޫމެއް ކަމަށް ހީކޮށްގެންތޯ އައްސަވާ ޑރ ޖަމީލް ވަނީ ސުވާލު އަމާޒުކުރައްވާފަެއެވެ.
އަދި އޭގެއިތުރުން ވާހަކައެއް ބިނާކުރާ ގޮތާއި ތަނާއި ވަގުތާއި އެއީ ބެލުން މުހިންމު އެއްޗެެއްގެ ގޮތުގައި ފާހަގަކުރައްވާ ޑރ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުވީ އެތަނުގެ ކުޑަކުއްޖާއަށް ކަމަށެވެ.
ވެރިކަން ހޯދުމަށް ދޮގު ހެދިކަމަށް އިއުތިރާފު ވުމުން އެއްވެސް ޕްރިންސިޕަލެއް ނެތް ހުސް އަނގައިގެ ވެރިއެއް ކަމަށް ދުނިޔެވެސް ދެކޭނެ ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒަށް ފާޑުވިދާޅުވެފައެވެ.