April 9, 2026
Advertisement
ރައީސް މުއިއްޒު އދ ގެ އާންމު މަޖިލީހުގައި ބައިވެރިވަނީ
ރައީސް މުއިއްޒު އދ ގެ އާންމު މަޖިލީހުގައި ބައިވެރިވަނީ / ރައީސް އޮފިސް

ރައީސް މުއިއްޒު މަރާލާނެކަމުގެ އިންޒާރު ދިނީ މަޖިލިސް އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރެއްވި ކެންޑިޑޭޓެއްގެ ކޮއްކޮއެއް!

Mariyam Isaadha
މަރިޔަމް އިސާދާ
Sep 26, 2024, 03:36 PM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މަރާލާނެކަމުގެ އިންޒާރު ދިނީ މަޖިލިސް އިންތިހާބުގައި އެމަނިކުފާނު ތާއީދު ކުރެއްވި ކެންޑިޑޭޓެއްގެ ކޮއްކޮއެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Advertisement

ރައީސް މުއިއްޒު އދގެ ސަލާމަތީ މަޖިލީހުގައި ތަގްރީރުކުރައްވަމުން ދަނިކޮށް ފޭސްބުކް މެދުވެރިކޮށް، އެމަނިކުފާނު މަރާލާނެ ކަމުގެ އިންޒާރު ދީފައިވަނީ "Ablor Myad Yosef" ގެ ނަމުގައި ހަދާފައި އިން އައިޑީއަކުންނެވެ.

ގިނަ ފަހަރު މިކަހަލަ އިންޒާރުތައް ދެނީ ފޭކް އައިޑީތަކުން ކަމަށް ވެފައި މިއީ ސައްޚަ އައިޑީއެއް ތޯ މައުލޫމާތު ސާފުކުރުމުން އެނގިގެން ގޮސްފައިވަނީ މިއީ ސައްޚަ އައިޑީއެއް ކަމަށާ މި އައިޑީ ނިސްބަތް ވަނީ ނިމި ދިޔަ މަޖިލިސް އިންތިހާބުގައި ގަލޮޅު އުތުރަށް ވާދަ ކުރި އައިމިނަތު މިޔާދާ (އާނާ) ގެ ކޮއްކޮ މިޔާދު އަށެވެ.

ރައީސް މުއިއްޒު މަރާލާނެ ކަމަށް ބުނެ ދިން އިންޒާރު
ރައީސް މުއިއްޒު މަރާލާނެ ކަމަށް ބުނެ ދިން އިންޒާރު

ރައީސް މުއިއްޒު އާނާ އަށް ތާއީދު ކުރެއްވީ ވެސް މަޖިލީހުގައި އެ ދާއިރާއަށް ޕީއެންސީ ޓިކެޓުގައި ކެންޑިޑޭތަކު ވާދަކުރަން ނުކުމެ ހުއްޓާއެވެ.

ރައީސް މުއިއްޒު މަރާލަން އިންޒާރު ދިނުން ސަރުކާރުގެ މަގާމުތަކުގައި ތިބި ބޭފުޅުން ކުށްވެރި ކުރަމުން ދާއިރު އެމަނިކުފާނަށް އިންޒާރު ދިފައި އޮތީ އެމަނިކުފާނު ގާތްކޮށް ގެންގުޅުއްވި ބޭފުޅެއްގެ ކޮއްކޮއެއްކަން މި ވަނީ ހާމަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved