March 21, 2026
Advertisement
މި ސަރުކާރުން މަސްވެރިން ބިކަކޮށް ބަނޑަށް ޖައްސައިފި.
މި ސަރުކާރުން މަސްވެރިން ބިކަކޮށް ބަނޑަށް ޖައްސައިފި. / ސޯޝަލް މީޑިއާ

މަސްވެރިން ވަޒީރަށް: އުއްމީދަކުން ކުރާނެ މަންފާ އެއް ނެތް

Mariyam Isaadha
މަރިޔަމް އިސާދާ
Sep 28, 2024, 03:15 AM
މާލެ ސިޓީ

އުންމީދަކުން މަސްވެރިންނަށް ކުރާނެ އެއްވެސް މަންފާއެއް ނެތްކަމަށް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ހާމަކޮށްފިއެވެ.

Advertisement

އެ ޔޫނިއަން އިން މިފަދައިން ހާމަކޮށްފައިވަނީ ރައީސް މުހައްމަދު މުއިއްޒު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިގްތިސޯދާ މަސްވެރިކަމުގެ ސިނާއަތަށް އުއްމީދުތަކެއް ލިބިއްޖެ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވުމުން އެކަމަށް ރައްދުދީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ބޮޑު ކަންނެލި ޔޫނިއަނުން ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތް ފުނޑިގެން ދާއިރު މަތީ ފަޑިން ފެންނަނީ އެއްވެސް ޒިންމާދާރު ކަމެއްނެތި ފެއިލް ވެފައިވާ މަންޒަރުކަމަށެވެ.

މީގެ އިތުރުން އެ ޔޫނިއަނުން ވަނީ ސަރުކާރުގެ މެނިފެސްޓޯ ތަންފީޒް ކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

މަސްވެރިން މިފަދައިން ގޮވާލާފައިވާއިރު މި ސަރުކާރަކީ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދީ ޚަލާސްކުރާނެކަމުގެ ވައުދާ އެކު ސަރުކާރެއް ނަމަވެސް މި ސަރުކާރުން ކޮންމެ ފަހަރަކުވެސް މަސްވެރިންނަށް ފައިސާ ދެނީ މަސްވެރިން ރުޅި ގަދަވެ އިހުތިޖާޛުކުރަން ފެށުމުން ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved