March 19, 2026
Advertisement
 އުމަރު ނަސީރު
އުމަރު ނަސީރު / ސޯޝަލް މީޑިއާ

މަސްވެރިންނަށް ސިޔާސީ ވެރިން ދޮގުހަދާ ވަރަށް، ވަގު ފިރިން އަނބިންނަށްވެސް ދޮގު ނުހަދާނެ: އުމަރު ނަސީރު

Faina Faiz
ފައިނާ ފާއިޒް
Dec 16, 2025, 03:38 AM
މާލެ ސިޓީ

މަސްވެރިންނަށް ސިޔާސީ ވެރިން ދޮގުހަދާ ވަރަށް، ވަގު ފިރިން އަނބިންނަށްވެސް ދޮގު ނުހަދާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Advertisement

އުމަރު ނަސިރު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކެމްޕެއިން ފެއްޓުމަށް، ރޭ ބޭއްވި ހަރަކާތެއްގައިއެވެ. އުމަރު ވިދާޅުވީ ފާއިތުވި 15 އަހަރު ސިޔާސީ ޕާޓީތަކުން އަންނަނީ ހުސް މަސްވެރިނަށް ދޮގުހަދާ އޮޅުވާލަމުން ކަމަށެވެ.

މަސްވެރިންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބައެއްކަމަށާއި މަސްވެރިންނަށް ދޮގު ހަދާ، އޮޅުވާލުމަކީ ވަރަށް ހިތާމަވެރިކަމެއްކަމަށް އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ ކޮންމެ ރިޔާސީ އިންތިޚާބަކާއި ގާތްކޮށް ސިޔާސީ ލީޑަރުން މަސްވެރިން ގާތަށް ގޮސް އެމީހުން ބާނާ މަސް އަގު ބޮޑުކޮށް ގަންނާނެކަމަށް ބުނެ ފާޅުގައި އެމީހުންނަށް އެތައް ދޮގެއް ހަދާކަމަށެވެ. އަދި މިނޫންވެސް އެތައް ދޮގެއް ސިޔާސީ ޕާޓީތަކުން ވަނީ މަސްވެރިންނަށް ހަދާފައި ކަމަށް އުމަރު ފާހަގަކުރެއްވިއެވެ.

އިންތިޚަބު ގާތްވުމުން "ބެޔަސް ނުބެޔަސް 10،000" ކޮބައިތޯ ވެސް އުމަރު ވަނީ ސުވާލު އުފައްދަވާފައިއެވެ. އަދި މިފަދަ ކަންކަމުގައި ދޮގު ހެދުމަކީ ސިޔާސީ ލީޑަރުންގެ "ކަށި މެދުގައި" ހިފާފާއި ހުންނަ ކަމެއް ކަމަށް އުމަރު ފާހަގަކުރެއްވިއެވެ.

މަސްވެރިން އަންނަނީ އެމީހުންގެ ހައްގުތަކަށް ގޮވާލާ އިހުތިޖާޖު ކުރަމުންނެވެ. މަސްވެރިން އިހުތިޖާޖު ކުރަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް ކުރަނީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved