March 19, 2026
Advertisement
ޑރ ޖަމީލް އަހްމަދު
ޑރ ޖަމީލް އަހްމަދު / ސޯޝަލް މީޑިއާ

މުއިއްޒު މި ހިނގަނީ އިބޫގެ މަގުން: ޑރ. ޖަމީލް

Faina Faiz
ފައިނާ ފާއިޒް
Dec 15, 2025, 03:03 AM
މާލެ ސިޓީ

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އެ ހިންގަވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަގުން ކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ޓައުންހޯލް ޖަލްސާގައި ވާހަކަދައްކަވަަމުން ޑރ. ޖަމީލް ވިދާޅުވީ އިބޫގެ ވެރިކަމުގައި މަސްވެރިންނަށް މަސްވެރިކަން ދޫކުރައްވާ އެއްގަމުގައި މަސައްކަތް ކުރަން މަޖުބޫރިކުރެއްވިކަމަށެވެ.

"އިބޫގެ ވެރިކަމުގެ ތެރޭގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްދޯނިފަހަރުގައި މަހަށް ފުރަން ތިބި މަސްވެރިންނަށް ޓާގެޓު ކުރީ، އެމީހުން ކައިރި ބުނީ ހެޔޮނުވާނޭ މަސްވެރިކަން ދޫކޮށްލާފަ ޓައިއެއް އަޅައިގެން ދާށޭ ފެނަކާއަށް، އެމްޓީސީސީއަށް"

ޑރ. މުހައްމަދު ޖަމީލް އަހުމަދު

މީގެ އިތުރުން ރާއްޖޭގެ ހުރިހާ އެންމެން އެއްގަމަށް ތިރިކޮށް މަސްވެރިން އެއްގަމަށް އެރުވުމުން އެމީހުންގެ މަސްދޯނިތައް ހަލާކުވެ، އެދޯނިތައް ބީވެ، ބިކަވެގެން ދާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ނަމަވެސް މި ކަންކަން އަދި މަސްވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ވެރިންގެ ވަރުގަދަ ވިސްނުން ގެންގުޅުމުގެ މުހިއްމުކަން ޑރ. ޖަމީލް ވަނީ ފާހަގަކުރައްވާފައިވެއެވެ.

އަދި މިފަދައިން މިސައްކަތް ކުރާނަމަ މަސްވެރިކަމުގެ ސިނާއަތް ސިނާއަތް ފުނޑާލުމުގައި ރައީސް އިބޫގެ އަތެއް ވާކަމަށް ރައްޔިތުން ގަބޫލުކުރޭތޯ ޑރ. ޖަމީލް ސުވާލުކުރެއްވިއެވެ.

ޑރ. ޖަމީލު އިތުރަށް ވިދާޅުވީ ރައީސް މުއިއްޒުވެސް މިކުރައްވަނީ ހަމަ މި މަސައްކަތް ކަމަށެވެ. އަދި މިފަދައިން މަސައްކަތް ކުރައްވާނަމަ މަސްވެރިކަމުގެ ސިނާއަތައް ލިބޭނެ ގެއްލުމާ މެދު ޑރ. ޖަމީލު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved