March 19, 2026
Advertisement
ރައީސް ޔާމީން
ރައީސް ޔާމީން / ތޭރަ އޮންލައިން

މިހާރު ނުހުންނާނެ ރާތާގާބުރި އަޅުވައިގެން މަސްކިރާ އެއްޗެއްސެއް: ރައީސް ޔާމީން

Faina Faiz
ފައިނާ ފާއިޒް
Dec 15, 2025, 03:02 AM
މާލެ ސިޓީ

ރާތާގާބުރި އަޅުވައިގެން މަސްކިރާ އެއްޗެއްސެއް މިހާރު ނުހުންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Advertisement

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފޯރިގަދަ ޖަލްސާގައި އެ ޕާޓީގެ ރައީސް، ރައީސް ޔާމީން ވިދާޅުވީ މިއީ ތަރައްގީ ވެފައިވާ ޒަމާނެއް ކަމަށެވެ. އަދި ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް މަސް ކިރަނީ ޑިޖިޓަލް ކައްޓާއިން ކަމަށެވެ.

ރައިސް ޔާމީން ވިދާޅުވީ ކުރީގައި މަސް ގަންނަނީ މިފކޯއިން ކަމަށެވެ. އަދި މިއީ ރައްޔިތުން ދެކޭ ގޮތުގައި މަސްވެރިންނަށް ސަރުކާރުން އަދާކުރާ ޒިންމާއެއް ކަމަށެވެ.

ނަމަވެސް ދެން ފެނިގެންދިޔައީ ވަޒީރުން ވާނުވާ ނުބައްލަވާ ރާއްޖެތެރެ ޒޯނުތަކަކަށް ބަހާލުމަށް ފަހު ޕްރައިވެޓް ސެކްޓާ އަދި ސަރުކާރުން މަސް ގަންނަ ގޮތަށް ބަދަލުކުރި މަންޒަރުކަމަށެވެ.

ކުރީގަ ވެއްޖެއްޔާ ޒިންމާއަކީ ސަރުކާރުން މަސްގަތުން. އެކަމް ސަރުކާރުން ވެސް މަސް ގަނެފަ ޕްރައިވެޓް މީހުން ވެސް ގަންނަކަމަށް ވާނަމަ އެއްވެސް މީހެއްގެ ވަކި ޒިންމާއެއް ނޯވެ

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް

އިތުރަށް ރައީސް ޔާމީން ވިދާޅުވީ މިފްކޯގައި ހުރި ވަސީލަތްތައް އައު ނުކުރެވެނީ އެ މީހުންނަށް ވިޔަފާރި ޕްލޭންކޮށް ފޯކާސްޓު ކުރާނެ ވެއްޓެއް ނުލިބޭތީކަމަށެވެ. މިކަން މިފަދައިން ވެފައި މިއޮތީ ސަރުކާރުގެ އިހުމާލުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved