
ރަޢީސް އަބްދުﷲ ޔާމީނު އެއްފަރާތް ކުރަން އަދުރޭއާ ރައީސް މުހައްމަދު މުއިއްޒު ރޭވި ރޭވުން ބަޑިޖާހާފައި ގޮވަން ފަށައިފި ކަމަށް ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ
ޑރ. ޖަމީލު މިފަދައިން ވިދާޅުވެފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ކެބިނެޓަށް އައި ކުއްލި ބަދަލަށް އިޝާރާތް ކުރައްވާ ޑރ. ޖަމީލުގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ސާބިތުވަމުން ދަނީ ރާއްޖޭގެ ރައްޔިތުންގެ ވާހަކަކަމަށެވެ.
އެގޮތުން ރައީސް މުއިއްޒަށް އެއްވެސް ފިޔަވަޅެއް ރަނގަޅަށް ނޭޅޭކަމަށާ އަހަރެއް ނުވަނީސް ވެސް އެންމެ ސީނިއަރ ވަޒީރުން އެހެލާލުމަކީ ވެރިކަން ބަލިކަށިވެ ނިމުމުގެ އަލާމާތެއް ކަމަށް ޑރ. ޖަމީލުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން ރައީސް ޔާމީނު އެއްފަރާތް ކުރަން އަދުރޭއާ ރައީސް މުއިއްޒު ރޭވި ރޭވުން ބަޑިޖާހާފައި ގޮވަން ފަށައިފިކަމަށް ވިދާޅުވެ ޑރ. ޖަމީލު ވިދާޅުވީ ﷲގެ އިރާދަފުޅުން ގުދުރަތުގެ ނިޔާ މިވެރިކަމާ އަރާ ހަމަކުރާނެކަމަށެވެ.









