June 26, 2026
Advertisement
މަޖިލިސް ނައިބު ރައީސް
މަޖިލިސް ނައިބު ރައީސް / ވިލާ ކޮލެޖް

ޑޮލަރުގެ މައްސަލަ ހައްލުވާނީ ދަރިވަރުން ބޭރަށް ކިޔަވަން ދިއުން ހުއްޓުމުން ކަމަށް ނާޒިމް ވިދާޅުވެއްޖެ

Aminath Zara
އައިމިނަތު ޒާރާ
Oct 1, 2024, 07:44 PM
މާލެ ސިޓީ

ޑޮލަރުގެ މައްސަލަ ހައްލުވާނީ ދަރިވަރުން ބޭރަށް ކިޔަވަން ދިއުން ހުއްޓުމުން ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Advertisement

އެގޮތުން ވިލާ ކޮލެޖްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނާޘިމް ވިދާޅުވީ ރާއްޖެއިން ބޭރަށް ނުގޮސް ކިޔެވުމުން ޑޮލަރު ބޭރުވުން މަދުވާނެ ކަމަށެވެ.

ރާއްޖެއިން ބޭރަށް ނުގޮސް ރާއްޖޭގައި ދަރިވަރުން ތައުލީމު ހާސިލުކުރުމުން ޑޮލަރު ބޭރުވާ މިންވަރު ދަށްވެގެންދާނެ ކަމަށް ބުނެ ބޭރަށް ތައުލީމު ހާސިލުކުރުން ނުދިއުމަށް ނާޒިމް ވަނީ ދަރިވަރުންނަށް ހިތްވަރު ދެއްވާފައެވެ.

ނާޒިމު މިފަދަ މޭރުމަކުން ވާހަކަ ދެއްކެވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން އަންނަނީ އަމާޒުވަމުންނެވެ.

މިގޮތުން، ސަރުކާރުގެ މަގާމުތަކުގައި ތިއްބެވީ. ނާގާބިލު، ވުޒާރާތައް ހިންގުމުގެ ކެޕޭސިޓީއެއް ނެތް މީހުން ކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.

މީގެ އިތުރުން ބޮޑެތި ޚަރަދުކޮށްގެން ކިޔެވުމުގެ ބޭނުމެއް ނެތް ކަމަށާއި ކިޔެވިޔަސް އޭގެ ފައިދާ ކުރަނީ މަޖިލިސް ރައީސް ފަދަ “ނުކިޔަވާ” ބޭފުޅުންނަށް ކަމަށްވެސް ބުނަމުންދެއެވެ.

ބޭރުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ގަވާއިދުން ފައިސާ ނުލިބޭ މައްސަލަވެސް މިހާރު ވަނީ ފެންމަތިވެފައެވެ.

ސަރުކާރަށް އަހަރެއް ވެގެންދާއިރު، އިއްޔެ ވަނީ ތިން ވުޒާރާއެއްގެ ވަޒީރުންގެ މަގާމު ބަދަލުކޮށްފައެވެ. މިއީ އެ ފަރާތްތަކުގެ ނާގާބިލުކަމުން ސަރުކާރު ނުހިންގިގެންކަމަށް ތަޖުރިބާކާރުން އަންނަނީ ސިފަކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved